މިދުޢާ ނުކޮށް ނުނިދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މިދުޢާ ނުކޮށް ނުނިދާށެވެ!

އަހުރެމެން އެންމެ ބޮޑަށް ސަމާލުކަންދެނީ ނިދީން ހޭލެވުމުން ބޭރަށްދާން ތައްޔާރުވުމަށެވެ. ފެންވަރައި ކައިބޮއި ހަދަމުއެވެ. ރީތިފޭރާން ލަމުއެވެ. ނިދާނީވެސް ހެނދުނު ތެދުވެ ދަތުރުކުރެވޭނެ ވަރަށް އެމީހަކު ދުއްވާ އުޅަނދުގައި ޕެޓްރޯލްހުރިކަންވެސް ޔަޤީންކުރުމަށްފަހުގައެވެ.  

މިހުރިހާ ކަމަކަށްވުރެ އަހުރެންނަށް މުހިންމީ ނިދުމަށް ސަމާލުކަން ދިނުމެވެ. ނިދުމަށް ސަމާލުކަން ދިނުމަކީ ސުންނަތާއިއެއްގޮތަށް ނިދުމެވެ. ނިދުމުގެ ކުރިން ކުރަންހުރި ކަންކަން ކޮށްގެން ނިދުމެވެ. ވުޟޫކޮށް ޛިކުރުތައް ކިޔައި އަދި ދުޢާތައްކޮށްގެން ނިދުމެވެ.  

އެގޮތުން ބަލާއިރު އަހުރެން ބުނާނީ މި ދުޢާ ނުކިޔައި ނުނިދުމަށެވެ. 

بِاسْمِكَ رَبِّي وَضَعْتُ جَنْبِي، وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا، بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ. 

މިދުޢާގައި އަހުރެމެން މިދަންނަވަނީ މިއަޅާ މިނިދަނީ އިނބަ ﷲ ގެ ނަންފުޅު ކިޔައި ހަނދުމަކުރުންމަތީގައި ކަމަށެވެ. އަދި (ނިދީގައި) މިއަޅާގެ ފުރާނަ ހިއްޕަވާނަމަ  މިއަޅާއަށް ރަޙުމްކޮށްދެއްވެވުމަށެވެ. މިއަޅާގެ ފާފަތަކަށް ޢަފޫކޮށް ދެއްވެވުމަށެވެ. ފުރާނަ ނުހިއްޕަވާނަމަ ތަޤްވާވެރިންގެ ފުރާނައަށް ރައްކައުތެރިކަން މިންވަރުކުރައްވަވާފަދައިން މިއަޅާގެ ފުރާނައަށް ރައްކައުތެރިކަން ދެއްވެވުމަށެވެ.  

އެންމެ މުހިންމީ މިދުޢާގައި ހިމެނޭ  فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا އެވެ. އެއީ "(ނިދީގައި) މިއަޅާގެ ފުރާނަ ހިއްޕަވާނަމަ މިއަޅާގެ ފާފަތަކަށް ޢަފޫކޮށް ދެއްވެވުމަށް ދެންނެވުމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން