އެމީހަކަށްޓަކައި މަލާއިކަތުން ހެޔޮ ދުޢާކުރައްވަވަން ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން މިބުނެދެނީ ތިބާއަށްޓަކައި މަލާއިކަތްބޭކަލުން ހެޔޮދުޢާ ކުރައްވަވާނެ 4 ކަމެކެވެ.
ފުރަތަމަ ކަމަކީ ތައުބާވުމެވެ. މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ (ފާފައެއް ކުރެވުމުން ވިއްދައިގެން ނަމަވެސް) އެމީހާގެ ތައުބާ ޤަބޫލުފުޅުކުރައްވަވައި ހެޔޮ ރަޙްމަތް ލެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ.
ދެވަނަ ކަމަކީ ބަލިމީހާގެ ޙާލު ބެލުމަށް ޒިޔާރަތްކުރުމެވެ. ހެނދުނު ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ ހަވީރުވަންދެން 70000 މަލާއިކަތުން އެމީހަކަސްޓަކައި ހެޔޮދުޢާކުރައްވަވާނެކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. (ޙަދީޘް: ތިރްމިޛީ)
ތިންވަނަ ކަމަކަށް ޞަދަޤާތް ކުރުމެވެ.
ހަތަރުވަނަ ކަމަކަށް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި (ކޮންމެތާކު ހުރިނަމަވެސް) މުސްލިމް އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާކުރުމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން