އަޢުރަ ފުރިހަމައަށް ނިވާނުކޮށް ޤުރްއާން ކިޔަވަނިކޮށް ތިލާވަތުގެ ސަޖިދަޖަހަން އޮންނަތަނެއް އައުމުން ސަޖިދަކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަޢުރަ ފުރިހަމައަށް ނިވާނުކޮށް ޤުރްއާން ކިޔަވަނިކޮށް ތިލާވަތުގެ ސަޖިދަޖަހަން އޮންނަތަނެއް އައުމުން ސަޖިދަކުރުން-

މުޞްޙަފްގައި ނުބީހި ކިޔަވާނަމަ ބައެއް މީހުން ޤުރްއާން ކިޔަވަނީ ވުޟޫ ނުކޮށެވެ. އަދި ހިލޭ ފިރިހެނަކަށް ނުފެންނަ ނަމަ ފުރިހަމަށް އަޢުރަ ނިވާނުކޮށްތިބެގެންވެސް ކިޔަވައެވެ. ސުވާލު އުފެދެނީ އެޙާލަތުގައި ކިޔަވަމުންދަނިކޮށް ތިލާވަތުގެ ސަޖިދައެއް ކުރަންޖެހުމުން ޢަމަލުކުރާނެ ގޮތާއިމެދުގައެވެ. 

ކަންއޮތްގޮތް-:  

ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ޝަރްޠު ވެގެންވާ ކަންތައްތައް ތިލާވަތުގެ ސަޖިދާގައިވެސް ޝަރްޠުވެގެން ވެއެވެ. އެގޮތުން، ޢައުރަ ނިވާކޮށް، ވުޟޫ ކުރަން ޖެހެއެވެ. ބައެއް ސަލަފުންގެ އަރިހުން އިބްނު ޢުމަރު ރިވާ ކުރައްވާ ގޮތުގައި ތިލާވަތުގެ ސަޖިދަ ކުރުމަށް ބުރުގާ އަޅާކަށް އަދި ވުޟޫ ކުރާކަށް ނުޖެހެއެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވެސް ރައުޔެވެ.  

މާލިކީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި ވުޟޫ މަތީގައި ނެތްނަމަ ސަޖިދަ ވަޅުގެ އާޔަތް ދޫކޮށްލާފައި ޖެހިގެން އިން އާޔަތް ކިޔެވުން އައުލާކަން ބޮޑެވެ.  

ރާޖިޙް ގޮތަކީ: ވުޟޫ މަތީގައި ނެތްނަމަ ނުވަތަ ޢައުރަ ނިވާނުކޮށް ހުރިނަމަ، ތިލާވަތުގެ ސަޖިދަ ނުކުރުމެވެ. މިފަދަ ޙާލަތްތަކުގައި ތިލާވަތުގެ ސަޖިދަ ދޫކޮށްލުމަކީ ހުއްދަ ކަމެއްކަން ޢުމަރު ރަޟިޔަﷲ ޢަންހުގެ ޢަމަލުން ދޭހަވެއެވެ. ތިލާވަތުގެ ސަޖިދަ ކުރުމަށްޓަކައި ވުޟޫ ކުރުމެއް ނެތެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން