ބަންގި ގޮވުމުން ވަޤުތުން މިސްކިތައްނުދާ މީހުންނަށް ލިބޭ ބޮޑުދެރަ އެނގާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ބަންގި ގޮވުމުން ވަޤުތުން މިސްކިތައްނުދާ މީހުންނަށް ލިބޭ ބޮޑުދެރަ އެނގާތަ؟

ކޮންމެ އަޅުކަމެއްގައިވެސް އޮތީ އެކަމެއްގެ ވަޤުތު ޖެހުމުން އެކަމަކަށް އަވަސްވެގަތުމެވެ. ﷲ ތައާލާގެ އެންގެވުންތަކަށް ލޯބިކުރުމަކީ އެއީއެވެ. އަދި ތިމާއަކީ ސުވެރުގެ ލިބުން އެދިގެން މަސައްކަތްކުރާ އަޅެއްކަން ޢަމަލުން ދައްކައިދިނުމަކީވެސް އެއީއެވެ. އެކަމަކު އަހުރެމެންގެ މިއަދުގެ ޙާލު މިހުރީ ކިނަކުން ހެއްޔެވެ؟

ބަންގީގެ އަޑު އިވުނުނަމަވެސް ގިނަ މީހުން މިސްކިތަށް ދަނީ އެމީހަކު އެވަގުތަކުކުރަން ހުރި މަސައްކަތްނިންމައިފައެވެ. އެކަމުގެ ސަބަބުން ގިނަ މީހުންނަށް ޖަމާޢަތުގައި ބައިވެރިވެވެނީ އިމާމް މީހާ ނަމާދަށްފަށާފަހުންނެވެ.

އެއިރުން މިވާގޮތަކީ ކޮންމެ ނަމާދަކާއި ގުޅިގެން ލިބެން އޮތް ރަނުގެ ފުރުޞަތު ދޫކޮށްލެވެނީއެވެ. އެހެނީ ބަންގިދިނުމާއި ޤަމާތްދިނުމާއި ދެމެދަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުތަކުގެތެރެއިންވާ ވަޤުތެކެވެ. ރަނުގެ ފުރުޞަތެކެވެ. އެފަދަ އަގުބޮޑު ފުރުޞަތެއް ގެއްލުވާލަން ހެޔޮވެދާނެހެއްޔެވެ؟

ވަގުތަށް މިސްކިތަށް އަރާށެވެ. ރަވާތިބު ސުންނަތްކުރާށެވެ. އަދި އެމީހަކު އެދެންހުރި ކަންކަމަށް އެދި ދުޢާކުރާށެވެ! އިމާމް މީހާ ނަމާދުފަށަން ޤަމަތްދިނުމާއިދެމެދު ލިބެން އޮތް މިރަނުގެ ފުރުޞަތު ދޫކޮށްނުލާށެވެ!

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން