ރަމަޟާންމަހުގެ ފަހު ދިހައިގެރޭތަކުގައި ކުރާ މިދުޢާއަކީ ރަމަޟާން މަހަށްފަހުގައިވެސް ހުއްޓާނުލައި ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަމަޟާންމަހުގެ ފަހު ދިހައިގެރޭތަކުގައި ކުރާ މިދުޢާއަކީ ރަމަޟާން މަހަށްފަހުގައިވެސް ހުއްޓާނުލައި ކުރަން އޮތް ދުޢާއެއް!

އާނއެކެވެ! މިދުޢާއަކީ ރަމަޟާން މަހުގެ ފަހު ދިހައިގައި ލައިލަތުލްޤަދްރިވިލޭރޭ ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެވެ. މިބަހުގެ މާނައަކީ އެރޭ ފާފަފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ހިމަނުއްވަވައި ދެއްވަވައި ތިމާގެ ފާފަތައްވެސް ފުއްސަވައި ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެކެވެ.  

"ޔާ ﷲ! އިނބަ ﷲ އީ ގިނަގިނައިން ޢަފޫކުރެއްވެވުމަށް ލޯބިވެވޮޑިގަންނަވާ، ގިނަގިނައިން ޢަފޫކުރައްވަވާ ރަސްކަލާނގެއެވެ. މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!" 

އެހެނަސް މިދުޢާގެ މާނައަށް ބަލައި އަހުރެން ބުނާނީ މިއީ ކުރުން ހުއްޓާލެވެން އޮތް ދުޢާއެއް ނޫން ކަމަށެވެ. ސަބަބުވެސް މިބުނަނީއެވެ.  

އަހުރެމެންނަށް ކޮންމެ ދުވަހަކުހެން މިދަނީ އެތައް ބައިވަރު ފާފަތަކެއް ކުރެވެމުންނެވެ. އެހެނަސް ކޮންމެ ދުވަހަކު ކިޔަން ޖެހޭ ޛިކުރުތަކެއް ނުޖކިޔެއެވެ. 2 އިރު ކިޔަންޖެހޭ ޛިކުރުތަކެއް ނުކިޔެއެވެ. އަސްތަޣްފާރެއް ނުކުރެވެއެވެ.  

އެޙާލަތުގައި އުޅެމުންދާއިރު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާނުކޮށް ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ ހަމައެކނި މިދުޢާއެއް ނޫނެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ކުރެވެން ހުރި ހުރިހށާ ދުޢާތަކެއް ކުރަމުން ގެންދާންވީއެވެ.  

ދުޢާ ޢިޖާބަކުރައްވަވާނެ ގޮތަށް ޢަމަލުތައް ބަހައްޓައިގެން ހުރެ ގިނަގިނައިން މިދުޢާކުރަމުން ގެންދާށެވެ! އަހުރެމެންނަށް ސަލާމަތްކަން ލިބެން އޮތީ އަހުރެމެންގެ ﷲާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިފިނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން