ލޯބިވެރިޔާގެ ގޮތުގަ އިންނައިރު ކަންކަމު ނޭދޭ އަންހެނަކާ ވަކިނުވާތި! އޭނާވާނީ ތިބާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ އަންތބަކަށް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ލޯބިވެރިޔާގެ ގޮތުގަ އިންނައިރު ކަންކަމު ނޭދޭ އަންހެނަކާ ވަކިނުވާތި! އޭނާވާނީ ތިބާގެ އަތުގަ ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ އަންތބަކަށް! އިން ޝާ ﷲ

އެންމެ ގިނަ ބައަކު ދައްކާނީ ލޯބިވެގެންއުޅޭއިރު އަންހެން މީހާ ބުނާ ކަންކަން ކޮށްނުދޭނަމަ ލޯބިވެގެން ނުއުޅޭ ކަމުގެ ވާހަކައެވެ. އެކަމުގެ ޝަކުވާގެ ވާހަކަތަކެވެ. އެކަމަކު ލޯބިވެގެން ހުރެ އެއްވެސް ކަމަކު ނުއެދޭ އަންހެނުންނަށް ޙައްޤު ޤަދަރުދީ އެކަނބަލުންގެ އަގު ވޒަންކުރަނީ ހާދަ މަދުބައެކެވެ. އެކަނބަލުންގެ އަގު ވަޒަންނުކުރާތަނުގައި އެކަނބަލުންނަކީ މާލަދުގަންނަ އުނިބައަކު ކަމަށްވެސް އެބަބުނެއެވެ.  

ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އެބަހުގައިވެސް ޙަޤީޤަތެއް އެބަ އޮތެވެ. ދެރައީ އެޙަޤީޤަތް އެއިގެ އަޞްލާއި އެއްގޮތަށް މާނަކުރަން ނުއެނގޭ ކަމެވެ.  

އަހުރެންވެސް އެއްބަހެވެ. އެކަނބަލުން ލަދުގަންނަނީއެވެ. ނަމަވެސް ލޯބިވެރިޔާ ދެކެއެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައި ނެތް ކަމެއް ކުރަން ލަދުގަންނަނީއެވެ. ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާތީ ބިރުގަންނަނީއެވެ.  

ލޯބިވެރިޔާ ލައްވައި ތިމާގެ އަމިއްލަ ބޭނުންތައް ފުއްދަމުން ގެންދާނަމަ އެކަމަށް ދައްކަންޖެހޭނެ އަގާއިމެދު ކަންބޮޑުވަނީއެވެ. ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ނުލިބިދާނެތީ ކަންބޮޑުވަނީއެވެ. ކައިވެނިކޮށް ޙަލާލު ގޮތުގައި ނޫނީ އެއްވެސް އެއްޗެއް ހޯދައި ބޭނުން ނުކުރަން އެތިބެނީ މިބަޔާންކުރި ފަދަ ސަބަބުތަކަށްޓަކައެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކައިވެނީގެ ކުރިން ކަންކަމު ނުކިޔާ އަންހެނަކު ލިބިއްޖެނަމަ އޭނާގެ އަގުވަޒަންކުރާށެވެ! އަވަހަށް އެއަންހެނަކާއި ކައިވެނިކުރާށެވެ! އޭނާވާނީ ތިބާގެ އަތުގައި ހިފައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާނެ އަންހެނަކަށެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން