ތިބާ ހިތްދަތިކުރުވައި ދެރައާ ގެއްލުންދޭން މަސައްކަތްކުރާނަމަ އެއީ ތިބާއަށް ލައްވަވާނެ އެންމެ ބޮޑު އެއް ރަޙްމަތް! ސުވަރުގެ ވަދެވޭ ސަބަބަށްވުންވެސް ވަރަށް ގާތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާ ހިތްދަތިކުރުވައި ދެރައާ ގެއްލުންދޭން މަސައްކަތްކުރާނަމަ އެއީ ތިބާއަށް ލައްވަވާނެ އެންމެ ބޮޑު އެއް ރަޙްމަތް! ސުވަރުގެ ވަދެވޭ ސަބަބަށްވުންވެސް ވަރަށް ގާތް!: މުފްތީ މެންކް

ކިތަންމެ ރަނގަޅަށް އުޅުނަސް ތިބާ ބަދުނާމުކޮށް އަގުވައްޓާލަން ވަރަށް ގިނަ ކަންކަން ކުރާނެ ބައަކު އުޅޭނެއެވެ. ޝަޚްޞިއްޔަތު ކަތިލަންވެސް ވަރަށް މަސައްކަތްކުރާނެއެވެ. ކިތަންމެ ގިނަ ބައަކު އެގޮތަށް ކިތަންމެ ގިނަ ކަންކަން ކުރި ނަމަވެސް ކަންބޮޑުނުވާށެވެ! އެމީހުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކައި ކުރަން ބޭނުންވާ ކަންކަން ކުރަން ދޫކޮށްލާށެވެ!

އެމީހުންނަށް ތިބާގެ ކިބައިން އެއްވެސް މިންވަރަކަށް އުނި ނުކުރެވޭނެ، ނިގުޅައިވެސް ނުގަނެވޭނެ އެއްކަމެއްވެއެވެ. އެއީ ތިބާކުރާ ހެޔޮ ޢަމަލުތަކެވެ. ތަޤްވާވެރިކަމެވެ.  

މީހަކު ނުވަތަ ބައަކު ތިބާއަށް ގެއްލުންދޭން ކުރާ އެއްވެސް ކަމަކުން ތިބާއަށް ޙަޤީޤަތުގައި ލިބޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ. ކުރާ އެފަދަ ކޮންމެ ކަމަކުން ލިބޭނީ ފައިދާއެވެ. ފުރުޞަތު އިތުރުވެ މަގުފަހިވާނީ ސުވަރުގެ ވަނުމަށެވެ. ޤިޔާމަތް ދުވަހު އެމީހުންގެ ކިބައިން ލިބޭނެ ބަދަލަކީ ތިބާއަށް ސުވަރުގެ ލިބިގެންދާ ސަބަބުކަމުގައިވުމަކީވެސް ވަރަށް ގާތުގައި އޮތް ކަމެކެވެ. އިން ޝާ ﷲ   

ޔަޤީންކުރާށެވެ. ﷲ ތައާލާ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ހަސަދަވެރިންކުރާ ނުބައި ޢަމަލުތަކާއި ތިބާގެ ތެދުވެރިކަން އެކަލާނގެ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ވީމާ ބައަކު ކުރާނުބައި ކަންކަމާއި ފަތުރާ ދޮގުވާހަކަތަކަށް ކަންބޮޑުނުވާށެވެ.  

އެހެންކަމުން އެފަދަ ކަންކަމަށް ރައްދުދޭން މަސައްކަތްނުކުރާށެވެ. އެއިރުން ތިބާއަށްވެސް އެވެއްޓެވެނީ އެމީހުންނާއި އެއްދަރަޖައަކަށެވެ. އަޅައިވެސް ނުލައި ހުރުމުން އެމީހުންނަށްވުރެ މަތީގައި އެހުރެވެނީ ތިބާއަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވެގެންދާނީ ތިބާގެ ދަރަޖައެވެ. އެންމެ ބޮޑު ނިޢްމަތަކީ އެއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން