ހަމަ އެންމެ ކަމަކުން ތިބާއަކީވެސް ޚަޖީޖަތުގެފާނަށާއި ހަފްޞާގެފާނަށް ހަތްއުޑުމަތިން ﷲ ތަޢާލާ ދެއްވެވި މަތިވެރިދަރަޖަ ލިބިގަނެވޭ ބޭކަނބަލަކަށް ވެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހަމަ އެންމެ ކަމަކުން ތިބާއަކީވެސް ޚަޖީޖަތުގެފާނަށާއި ހަފްޞާގެފާނަށް ހަތްއުޑުމަތިން ﷲ ތަޢާލާ ދެއްވެވި މަތިވެރިދަރަޖަ ލިބިގަނެވޭ ބޭކަނބަލަކަށް ވެވިދާނެ!

މިއުންމަތުގެ މައިކަނބަލުން ކަމުގައިވާ ރަސޫލް () ގެ އަނބިއަނބިކަނބަލުންނަށް ﷲ ތައާލާ ވަނީ ޚާއްޞަ ދަރަޖަތައް ދެއްވަވައިފައެވެ. މިފާހަގަކޮށްލަނީ އަނބިއަނބި ކަނބަލުންގެ ތެރެއިން ޚަޖީޖަތުގެފާނާއި ހަފްޞާގެފާނަށް ދެއްވެވި މަތިވެރިދަރަޖައިން ކުޑަމިންވަރެކެވެ. 

ރަސޫލް () ގެ އަނބިކަނބަލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އިތުރު އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖަތުގެ ފާނަށާއި އަދި އަނބިކަނބަލުން ޙަފްޞާގެފާނަށް ﷲ ތަޢާލާ ވަނީ ވަރަށް މަތިވެރި ދަރަޖަފުޅެއް ދެއްވަވައިފައެވެ. 

ޚަދީޖަތުގެފާނަށް ދެއްވެވި ދަރަޖަފުޅުތަކުގެ ތެރޭގައި 7 އުޑުމަތިން ﷲ ތަޢާލާގެ ސަލާމް ހިއްޕަވައިގެން ޖިބްރީލްގެފާނު ފައިބައިވަޑައިގެން އެވާހަކަ ރަސޫލް () އަށް ދެންނެވުން ހިމެނެއެވެ. އަދި ޖިބްރީލްގެފާނުގެ ސަލާމް ޚަދީޖަތުގެފާނަށް ފޮނުއްވެވުން ހިމެނެއެވެ. 

ހަފްޞާގެފާނަށް ދެއްވެވި މަތިވެރި ދަރަޖަފުޅުތަކުގެ ތެރޭގައި ރަސޫލް () އެކަމަނާ ވަރިކުރެއްވެވުމުން އަލުން ކައިވެނި ރުޖޫޢަ ކުރެއްވެވުމަށް 7 އުޑު މަތިން ﷲ ތައާލާ އެންގެވުން ހިމެނެއެވެ. އަދި އެގޮތަށް އެންގެވީ އެކަމަނާގެ ތަޤްވާވެރިކަން ބޮޑުކަމުން ކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. 

ﷲ ތައާލާ ރުއްސެއްވުން ލެއްވެވި މި 2 ބޭކަނބަލުންނަށް މިފަދަ މަތިވެރި ދަރަޖައެއް ﷲ ތައާލާ ދެއްވެވީ ހަމައެކަނި އެބޭކަނބަލުންނަކީ ރަސޫލް () ގެ އަނބިކަނބަލުންނަށް ވެވަޑައިގަތުމަކުން ނޫނެވެ. އެ ދެ ބޭކަލުންގެ ތަޤްވާވެރިކަން ބޮޑުކަމުންނެވެ. އަޅުކަން ކުރައްވާ މިންވަރު ގިނަކަމުންނެވެ. 

ޚަދީޖަތުގެފާނަކީ ރަސޫލް () އާއި ކައިވެނިފުޅު ބައްލަވައިގެންނެވިއިރު މުޅި މައްކާއިންވެސް ތަނަވަސްކަން ލިބިވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ﷲ ތައާލާގެ މަގުގައި ހޭދަކުރެއްވެވުމުގައި ވަނީ ނަމޫނާ ދައްކަވައިފައެވެ. ރަސޫލް () އަށް ރަސޫލްކަން ލިބިވަޑައިގަތުމާއިގުޅިގެން ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަންކަމުގައި އެކަމަނާ ވަނީ ރަސޫލް () އަށް ޚީދުމަތްކުރެއްވެވުމުގައިވެސް ނަމޫނާ ދައްކަވައިފައެވެ. މިފަދަ ހުރިހާ ކަންކަން ގުޅިފައިވަނީ އެކަމަނާގެ ތަޤްވާވެރިކަމާއިއެވެ. 

ހަފްޞާގެފާނަކީ އަޅުކަންކުރެއްވެވުމުގައި ނަމޫނާ ބޭކަނބަލެކެވެ. ޛިކުރުކުރެއްވެވުމުގައި ގިނަ ވަގުތު ހޭދަކުރައްވަވައި ތަޤްވާވެރިކަމުގައި ނަމޫނާ ދެއްކެވި ބޭކަނބަލެކެވެ. 

އަހަރެމެންވެސް ކުރަން އޮތް ކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އަޅުކަން ކުރުން ގިނަކުރުމެވެ. ﷲ ތައާލާގެ މަގުގައި ދީލަތިވުމެވެ. ޛިކުރުކުރުން ގިނަކުރުމެވެ. އިޚްލާޞްތެރި ކަމާއިއެކު އަޅުކަން ކުރަން މަސައްކަތް ކުރުމެވެ. ﷲ ތަޢާލާ ހަމަ އަހަރެމެންގެ ދަރަޖަ ވެސް މަތިވެރި ކުރައްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން