ކަމެއް ކުރިމަތިވާއިރަށް ކަންބޮޑުވަނީ ކީއްވެ؟ ދުނިޔޭގެ ދިރިއުޅުމުގަ ހިތާމަތަކާ ދަތިއުނދަގޫޙާލަތެއްގަ އުޅެން ނުޖެހުމަކީ ޤިޔާމަތް ދުވަހަށް ގެއްލިގެންދާ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކަމެއް ކުރިމަތިވާއިރަށް ކަންބޮޑުވަނީ ކީއްވެ؟ ދުނިޔޭގެ ދިރިއުޅުމުގަ ހިތާމަތަކާ ދަތިއުނދަގޫޙާލަތެއްގަ އުޅެން ނުޖެހުމަކީ ޤިޔާމަތް ދުވަހަށް ގެއްލިގެންދާ ފުރުޞަތެއް!

މީސްތަކުންގެ ތެރޭގައި ގިނައީ ދަތި އުނދަގޫ ޙާލަތެއް ކުރިމަތިކުރައްވަވައިފިނަމަ ކަންބޮޑުވެގެން ތެޅިފޮޅޭ މީހުންނެވެ. އެކަމުގެ ޝަކުވާކުރަމުން ދުވާ މީހުންނެވެ. މިއީ ﷲ ތަޢާލާ ތިމާއަށް ދެއްވެވެވި ކިހައި މަތިވެރި ނިޢްމަތެއްކަމާއިމެދު ވިސްނައިލެވެނީ ހާދަމަދު މީހަކަށެވެ.

އިމާމް ޝާފިޢީގެފާނުގެ އަރިއަހުގައި ދެންނެވުނެވެ. "މީސްތަކުންގެ ތެރެއިން މަތިވެރިކަންބޮޑުވެގެންވަނީ ދަތި އުނދަގޫޙާލަތެއް ކުރިމަތިނުކުރައްވަވާ ޙާލުގައި ޝުކުރުވެރިވާ މީހުންތޯއެވެ؟ ނުވަތަ ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވާ މީހުންތޯއެވެ.؟"

ޖަވާބުގައި ވިދާޅުވިއެވެ. " ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވާ މީހުންނެވެ. އެހެނީ މީހާގެ އީމާންކަން އިމްތިޙާންކުރެވިގެންދަނީ ދަތި އުނދަގޫ ޙާލަތުގައި ކެތްތެރިވުމުންނެވެ. އެހެންވެ ދަތި އުނދަގޫ ޙާލަތު ކުރިމަތިކުރައްވަވައި އިމްތިޙާން ނުކުރައްވަވާ އެއްވެސް ރަސޫލްބޭކަލަކު ނުވެއެވެ."

ދަތިޙާލަތެއް ނުވަތަ މުޞީބާތެއް ކުރިމަތިކުރެއްވެވުމުން އުފާކުރަންވީއެވެ. އެއީ ތިމާ އިމްތިޙާންކުރެއްވެވުމަށް ﷲ ތަޢާލާ ޚިޔާރުކުރެއްވެވީތީއެވެ. ކެތްތެރިވުމުން ދެއްވަވަން އޮތް މަތިވެރި ނިޢްމަތް ދެއްވަވަން އިރާދަކުރެއްވެވީތީއެވެ. ދުނިޔެއާ އާޚިރަތް ކާމިޔާބުކުރުމަށް ފުރުޞަތު ދެއްވެވިކަމަށްޓަކައެވެ.

ދުނިޔޭގައި ދަތިތައް ކުރިމަތިނުކުރައްވަވާ އަޅުންނަށް މި މަތިވެރި ފުރުޞަތެއް ނުލިބެއެވެ. ވީމާ ތިމާއަކީ އެ ފުރުޞަތު ދެއްވެވި އަޅަކަށްވުމަކީ ﷲ ތަޢާލާ ދެއްވަވާ ކިހައި މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

ހަމައެއާއިއެކު ޤަބޫލުކުރަންޖެހެ ކަމަކީ ނިޢްމަތްތައް މިންވަރުކުރެއްވެވުން އެއީވެސް އިމްތިޙާނުކުރެއްވެވުންކަމެވެ. ވީމާ ނިޢްމަތެއް މިންވަރުފުޅުކުރައްވަވައިފިނަމަ ޝުކުރުވެރިވާ އަޅަކުކަމުގައިވާށެވެ. އެ އިމްތިޙާނުން ފާސްވާނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން