ކިތަންމެ ތަޤްވާވެރި ނަމަވެސް ޔަޤީން ނުކުރެވޭނެ 2 ކަމެއްވޭ! އެކަމަކު ތަޤްވާވެރިންނަށް އުންމީދު ކުރެވިދާނެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކިތަންމެ ތަޤްވާވެރި ނަމަވެސް ޔަޤީން ނުކުރެވޭނެ 2 ކަމެއްވޭ! އެކަމަކު ތަޤްވާވެރިންނަށް އުންމީދު ކުރެވިދާނެ!: ޢުމަރު ސުލައިމާން

އަހުރެމެންގެ އާދަކާދަތަކަށް އަންނަމުންދާ ނުބައި ބަދަލުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ. ހެޔޮކަމެއް ކޮށްލެވޭއިރަށް މާބޮޑުކަމެއް ކުރެވިއްޖެކަމަށް ދެކެވުމާއި ދެރަ ނިކަމެތިންނަށް ސަމާލުކަން ނުދިނުން މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. އެހެންވީމާ ވިސްނައިލަމާ ހިނގާށެވެ!

ޢަލީގެފާނުގެ ބަސްފުޅެއްގައިވެއެވެ.

"ﷲ ތަޢާލާ މީސްތަކުންނަށް 2 ކަމެއް ވަންހަނާކުރައްވަވާފައިވެއެވެ. އަދި އެދެކަންތައްވެސް ވަނީ ދެކަމުގައި ފޮރުވިގެންނެވެ.

ފުރަތަމަ ކަމަކީ ތިމާއަށް ކުރެވޭ ހެޔޮ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ގޮތަށް ކުރެވުނު ޢަމަލަކީ، ނުވަތަ ކުރެވޭ ޢަމަލަކީ ކޮބައިކަން ނުއެނގޭނެކަމެވެ. ވީމާ އަހަރެމެންނަށް އޮތީ ވީހައި ފުރިހަމައަކަށް ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ.

ދެވަނަ ކަމަކީ ﷲ ތަޢަލާގެ އަޅުތަކުންގެ ތެރެއިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުވަތަ ލޯބިފުޅުވެވޮޑިގަތުން ލިބިފައިވަނީ ކޮން އަޅަކަށްކަން ނުއެނގޭނެ ކަމެވެ. ވީމާ އަހަރެމެންނަށް އޮތީ ކޮންމެ މީހަކަށްވެސް ހެޔޮކޮށްހިތުމާއި މާތްކޮށް ހިތުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކާއިމެދު އިހާނެތިކޮށް ކަމެއް ކުރެވިއްޖެނަމަ ދެންވާނެގޮތާއމެދު ވިސްނާށެވެ.

މިއަދު އަހަރެމެންގެ ތެރެއިން ގިނ މީހުން މީހުންގެ އަގުވަޒަންކުރަނީ އެމީހާގެ ތަނަވަސްކަމަށާއި ދަރަޖައަށް ބަލައިގެންނެވެ. ނަމަވެސް އެކަންއެހެން ކޮށްގެން ނުވާނެއެވެ. ކިތަންމެ ބޮޑު ފަޤީރަކީވެސް އަދި ކިތަންމެ ދެރަ ނިކަމެތިމީހަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހކުކަމުގައިވެދާނެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެންމެންނާއިމެދުގައިވެސް ވާންއޮތް އެންމެ ރަނގަޅަކަށް ކަންތައްތައްކުރުމެވެ.

--ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން