ހަނދުމަކޮށްދިނުމެއް!: ނަމާދަށްފަހު ކިޔަވަން ސުންނަތުގައިވާ ސޫރަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހަނދުމަކޮށްދިނުމެއް!: ނަމާދަށްފަހު ކިޔަވަން ސުންނަތުގައިވާ ސޫރަތްތައް-

ސުންނަތުގައި އައިސްފައިވަނީ ފަރުޟު ނަމާދަށްފަހު އާޔަތުލްކުރުސި އާއި އިޚްލާޞް، އަލްފަލަޤް އަދި އައްނާސި ސޫރަތް ކިޔެވުމަށެވެ. އަދި ކުރުސިއާއި މި 3 ސޫރަތް ފަތިސްނަމާދާއި މަޣްރިބް ނަމާދަށްފަހު 3 ފަހަރު ކިޔެވުމަށްވެސް އައިސްފައިވެއެވެ. ނަމާދަށްފަހު މި ނޫން ސޫރަތެއް ކިޔެވުމެއް ސުންނަތުގައި އައިސްފައެއް ނުވެއެވެ.

ބައެއް މީހުން އެކި ނަމާދުކުރުމަށްފަހު އެކި ސޫރަތް ކިޔަވައެވެ. (މަޣްރިބް ނަމާދަށްފަހު ޔާސީން ސޫރަތް ކިޔެވުން ފަދަ) ނަމަވެސް ސުންނަތުގައި އޮތީ އިސްވެ ބަޔާންކުރިފަދައިންނެވެ. ވީމާ ސުންނަތުގައި ނެތި ވަކި ނަމާދަކަށްފަހު ވަކި ސޫރަތެއް ކިޔެވުމެއް ނެތެވެ. އެކަންކަމަކީ ބިދުޢައެވެ. އަލަށް އުފައްދައިގެން އުޅޭ ކަންކަމެވެ.

ނަމާދުގައި އެމީހަކަށް ކިޔެވޭވަރަކަށް ދިގުކޮށް ޤުރްއާން ކިޔަވާށެވެ. ނަމާދުގައި ޤުރްއާން ކިޔެވުމުން ޘަވާބު އިތުރުކުރައްވަވައިދެއްވަވާނެތެވެ. އެއީ ނަމާދުގެ ތެރެއިން ނަމާދާއި ގުޅުވައިގެން ކިޔަވާތީއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް / ޝައިޚް ޢައްސިމް އަލްހަކީމް

 

މިއަދު އޮންލައިން