ދުޢާކުރަން އެންމެ ފައިދާ ހުރިގޮތާ ގިނަގިނައިން ކުރަން އޮތް ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދުޢާކުރަން އެންމެ ފައިދާ ހުރިގޮތާ ގިނަގިނައިން ކުރަން އޮތް ދުޢާއެއް-

ކޮންމެ ކަމެއް ކުރިނަމަވެސް ކުރަންވާނީ އެކަމަކުން ތިމާއަށް އެންމެ ބޮޑު ފައިޑާއެއް ކުރާނެ ގޮތަށެވެ. އެހެންވެ ފުރަތަމަ ކަމަކަށް މިބުނެދެނީ ދުޢާކުރަން އެންމެ ފައިދާހުރި ގޮތެވެ.   

ދުޢާކުރާއިރު އެދުޢާގައި ވީހާގިނަ ބައަކު ހިމެނުމަކީ (ވީހާގިނަ ބައަކަށްޓަކާ ދިޢާކުރުމަކީ) ދުޢާކުރުމުގައި އެންމެ ފައިދާހުރި ގޮތެވެ. ތިމާކުރާ ދުޢާގައި ވީހައި ގިނަ ބައަކު ހިމެނުމުން އެއެންމެންގެ މަތިން ތިބާއަށްޓަކައި ހަމައެފަދައިން މަލާއިކަތަކު ދުޢާކުރައްވަވާނެތެވެ. މިދުޢާއަކީ އެންމެހައި މުއުމިނުން ހިނައިގެން ކުރެވެން އޮތް ދުޢާއެކެވެ.  

މިއީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާތަކުގެތެރެއިން ދުޢާއެކެވެ. އެމީހަކަށާއި އެމީހެއްގެ މައިން ބަފައިންނަށާއި އަދި އެންމެހައި މުއުމިނުންގެ ފާފަ ފުއްސެވުން އެދި މި ދުޢާކުރުން ގިނަ ކުރާށެވެ.  

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ  

މާނައީ: "އަޅަމެންގެވެރި ރަސްކަލާކޮ! ޙިސާބު ޤާއިމުވާދުވަހު، އަޅާއަށާއި، އަޅާގެ މައިންބަފައިންނަށާއި، މުއްމިންތަކުންނަށް ފާފަފުއްސަވާނދޭވެ!" (އިބްރާހީމް: 41) 

މައިންބަފައިން މަރުވުމުން އެމީހުންގެ މައްޗަށް ހެޔޮލަފާ ދަރިން ކުރާ ދުޢާގެ ސަބަބުން ސުވަރުގޭގައި އެމީހުންގެ ދަރަޖަ އުފުލިގެންދެއެވެ. އެހެންކަމުން މައިން ބަފައިންގެ މައްޗަށް ވީހައި ގިނައިން ހެޔޮ ދުޢާ ކުރުމަކީ އެކަމުގެ ސަވާބު ދުޢާ ކުރި މީހަކަށްވެސް ލިބިގެންދާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން