ޙައިޟްގެ ޙާލަތުގައި އިނުމަކީ ކައިވެނި ކުރުން މަނާވާ ސަބަބެއް ނޫން! ނަމަވެސް އެޙާލަތުން ސަލާމަތްވަންދެން ޖިމާޢޫނުވެ ކެތްތެރިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޙައިޟްގެ ޙާލަތުގައި އިނުމަކީ ކައިވެނި ކުރުން މަނާވާ ސަބަބެއް ނޫން! ނަމަވެސް އެޙާލަތުން ސަލާމަތްވަންދެން ޖިމާޢޫނުވެ ކެތްތެރިވާންޖެހޭނެ!

އަންހެންމީހާ ޙައިޟްގެ ޙާލަތުގައި އިނުމަކީ ކައިވެނި ކުރުން މަނާވާ ސަބަބެއް ނޫނެވެ. ނަމަވެސް އެޙާލަތުން ސަލާމަތްވަންދެން ޖިމާޢޫނުވެ ދެމަފިރިންވެސް ކެތްތެރިވާންޖެހޭނެއެވެ. އެހެނީ ދެމަފިރިން ކަމުގައިވީނަމަވެސް ޙައިޟުގެ ޙާލަތުގައި ޖިމާޢޫވުމަކީ ޙަރާމްކުރައްވަވާފައިވާ ކަމެކެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!    

ޙައިޟުވެރިޔާއަށް ކައިވެނީގެ ރަންކިޔުމާއި ކައިވެނި ކުރުންވެސް ހުއްދަ ވެގެން ވެއެވެ. ސަބަބަކީ ކަންތައްތަކުގެ އަޞްލަކީ ހުއްދަ ވުމެވެ. ޙައިޟުވެރިޔާ ކައިވެނި ކުރުމާއި ކައިވެނީގެ ރަންކިޔުން މަނާކުރާނެ ދަލީލެއް ކީރިތި ޤުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ސުއްނަތާއި އިޖްމާޢާއި ޤިޔާސާއި އަދި ޞަޙާބީއެއްގެ ބަސްފުޅުންވެސް ވާރިދުވެފައެއް ނުވެއެވެ. އަދި އެއީ ޙަރާމް ކަމެއް ނުވަތަ މަކުރޫހަ ކަމެއް ކަމުގައި އެއްވެސް ޢިލްމުވެރިއަކު ބަޔާނެއް ނުކުރައްވައެވެ. 

އެހެން ނަމަވެސް ޙައިޟުގެ ދުވަސްވަރު ކައިވެނި ނުކުރުމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމަށްފަހު، ޙައިޟުގެ ދުވަސްވަރު ޖިމާޢު ވެވިދާނެކަމުގެ ބިރަށްޓަކައި، އެކަމުން ސަލާމަތް ވުމަށްޓަކައެވެ. އެހެނީ ޙައިޟުގެ ދުވަސްވަރު ޖިމާޢު ވުމަކީ ޙަރާމް ކަމެކެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން