އިޚްލާޞްތެރިވެ ޢަމަލުތައް ސީދާކުރާށެވެ! ތިބާގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އިޚްލާޞްތެރިވެ ޢަމަލުތައް ސީދާކުރާށެވެ! ތިބާގެ ހުރިހާ ބޭނުންތަކެއްވެސް ފުއްދަވައި ދެއްވަވާނެތެވެ!: މުފްތީ މެންކް

ކޮންމެ ދުވަހަކުހެން އެންމެ ގިނަ ބައެއްގެ ޝަކުވާތައް ލިބެނީ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެންނެވެ. އެދިދަންނަވާކަންކަން ޙާޞިލުވުން ލަސްވެގެންނެވެ. ދެއްވަވާފައިވާ ނިޢްމަތެއް އަނބުރާ ގެންދަވައިގެންނެވެ.  

ދޭން އޮތީ ހަމަ އެއް ޖަވާބެކެވެ. ތިބާއަށް އެންމެ ރަނގަޅުވާނެ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ. އެކަމެއް މިންވަރުކުރެއްވުވުމުން ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައި އެކަމެއް ހިންމަވައި ދެއްވަވާނެކަމުގެ ފުރހަމަ ޔަޤީންކަމުގައި ސާބިތުވެ ތިބޭށެވެ! 

ތިބާ ބޭނުންވާ ގޮތާއި ބޭނުންވާ ކަންކަން ތިބާގެ ހިތަށް އެރުވުމުގެ ކުރިން، އެކަންކަމަށް އެދި ދުޢާކުރުމުގެ ކުރިންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ދެއްވަވާފައިވާ ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެއީ އެކަމަށް ތިބާ ބޭނުންވާކަން ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. އަނބުރާ ގެންދެވުމަކީ ތިބާއަށް އެންމެ ފައިދާހުރި ގޮތްކަން ﷲ ތަޢާލާ ދެނެވޮޑިގަންނަވާތީއެވެ! 

އަނެއްކަމަކީ ކެތްތެރިވުމަކީ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ފަދައިން ކެތްތެރިނުވުމަކީ ކުރެވޭ ފާފައެއްކަން ވެސް ޤަބޫލުކުރާށެވެ! އހެނީ ކެތްތެރި ނުވެވޭނަމަ އެއީ މިންވަރަށް އީމާންނުވެވެނީއެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލުނުކުރެވެނިއެވެ. އިތުބާރުނުކުރެވެނީއެވެ.  

ޔަޤީންކުރާށެވެ! ޙައްޤު ގޮތުގައި ތިބާ ހުރިނަމަ ތިބާއަށް އެންމެ ފައިދާކުރާނެ ވަގުތުގައި ތިބާ އެދޭކަންކަން ޙާޞިލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން