އެކުގަ އުޅޭ މީހުން ގިނަ އަނބިން ގެންގުޅޭތީ އިތުރު އަނބިން ހޯދަންވެދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެކުގަ އުޅޭ މީހުން ގިނަ އަނބިން ގެންގުޅޭތީ އިތުރު އަނބިން ހޯދަންވެދާނެތަ؟

މީސްމީހުން އެމީހުންނަށް ކުރެވޭ ކަންކަމުގެ ވާހަކަތައް ކިޔައިދިނުމުން އެވާހަކަތަކަށް ނުހެއްލި ފުންކޮށް އެވާހަކަތަކަށް ވިސްނާށެވެ. ގިނަ ފަހަރު އެފަދަ ވާހަކަތައް ކިޔައިދެނީ އެކަންކަމަށް ތިބާވެސް ޝައުޤުވެރި ކުރުވައި ތިބާ ލައްވައި އެފަދަ ކަންކަން ކުރުވާށެވެ. އެފަދަ ވާހަކަތައް ކިޔައިދޭއިރު އެމީހުން އެކަންކަން ކުރުމުން ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަތައް ކިޔައެއް ނުދޭނެއެވެ. އެކަންކަން ކުރުމުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ވާހަކަތައް ސިއްރުކުރާނެއެވެ.

ކޮންމެ މީހަކު ކޮންމެ ވާހަކައެއް ކިޔައިދިންނަމަވެސް ފުރަތަމަ ކަމަކަށް އެކަމަކީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްތޯ ވިސްނަންވާނެއެވެ. އަދި ހުއްދަ ކުރެއްވެވި ކަންކަމުގެ ތެރެއިން އެކަމަކީ ތިމާއަށް ކުރެވިދާނެ ކަމެއްކަމާއިމެދުވެސް ވިސްނައިލަންވާނެއެވެ.

މިޘާލަކަށް ބުނާނަމަ ދެއަންތބަށް ކައިވެނިކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. 2 އަނބިން ގެންގުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިމާއަށް ލިބޭ އާމްދަނީ އާއި ތިމާގެ ދިރިއުޅުމުގެ ކަންކަންހުރި ފެންވަރަށް ވިސްނަންވާނެއެވެ. އެކަންކަމަށް ނުވިސްނައި ދެވަނަ ކައިވެންޏެއް ކޮށްފިނަމަ އެއީ ތިމާއަށް ކުރެވުނު ވަރަށް ހިތްދަތި، ލޭމައްޗަށްދާންޖެހޭ ކަމަކަށްވެސް ވެދާނެއެވެ.

މިފަދަ އެތައްކަންތައްތަކެއް ފާހަގަކުރެވިދާނެއެވެ. އިލްތިމާސަކީ މީސް މީހުން ކިޔައިދޭ ވާހަކަތަށް ހެއްލި، ވިސްނަން ޖެހޭވަރަށް ނުވިސްނައި އެއްވެސް ކަމެއް ނުކުރުމެވެ. ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރުމެވެ. ދީނުގެ އިންތަކުގައި އަބަދުވެސް ށާބިތުވެ ހުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން