ކެތްތެރިކަމުގެ ވައްތަރުތައް ގިނަ! އެއީ ދަސްކުރަންވެސް ޖެހޭ ކަންކަން!: ޝައިޚް ޑރ. ސާޖިދު ޢުމަރު

ކިޔުމަށް ހޭދަވާނީ 3މ 51ސ
ކެތްތެރިކަމުގެ ވައްތަރުތައް ގިނަ! އެއީ ދަސްކުރަންވެސް ޖެހޭ ކަންކަން!: ޝައިޚް ޑރ. ސާޖިދު ޢުމަރު

ޢާއިޝަތު ރަފާޙް ޢަލީ

 

ކެތްތެރިކަމުގެ ވައްތަރުތައް ގިނައެވެ. އިންސާނާއަށް ކެތްތެރިކަން ލިބެނީ އެކަމަށް މަޖުބޫރުވާ ހިނދުގައެވެ. އެއީ މާތް ﷲ އަޅުގަނޑުމެންނަށް ދަތިކަމަކުން އިމްތިޙާނު ކުރައްވާ ހިނދުގައި ނޫންތޯއެވެ؟ އިންސާނާ މަޖުބޫރުވެފައިވަނީ ކެތްތެރިވާށެވެ. އޭނާއަށް އެހެން ގޮތެއް ނެތެވެ. އެހެންނަމަވެސް، މީގެ އިތުރުން އެހެން ބާވަތެއްގެ ކެތްތެރިކަމެއް އެބައޮތެވެ. އެއީ 'ޞަބްރުލް އިޚްތިޔާރީ' އެވެ. އެއީ އިންސާނާ އަމިއްލައަށް ކެތްތެރިވުމަށް ޚިޔާރުކުރާ ހިނދުގައެވެ.

ސުބްޙާނަﷲ! ފަސޭހަކަން އަންނަ ހިނދު، އަދި މާ ބޮޑު ކަމަކަށްޓަކައި އިންސާނާ ބުނަނީ 'ނޫނެކެވެ، އަހަރެން ކެތްތެރިވާނަމެވެ.' މިއީ އިންސާނާގެ އީމާންކަމާއި ތަޤްވާވެރިކަމުގެ އެންމެ މަތިވެރި ދަރަޖައެވެ.

މި ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެން ދަސްކުރަންޖެހެނީ މާތްﷲގެ ޙުކުމްފުޅަށް ރުހި، އެކަލާނގެ ޤަދަރަށް ތަސްލީމުވުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީވެސް މާތްﷲގެ ޙިކުމަތާއި އިރާދަފުޅުން ކުރިމަތިވާ ކަމެއްކަން ޤަބޫލުކުރަންޖެހެއެވެ. މިގޮތަށް ދިރިއުޅުމުގައި ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން އިތުރުވެ، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބުމުގެ މަގެވެ. 

މާތް ﷲ ގެ ރޭއްވެވުންފުޅުތަކަށް އިތުބާރުކުރުން އުނދަގޫވިޔަސް، އެކަމުގައި ދެމިހުންނާށެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ. 'ފަޞަބްރުން ޖަމީލް' ގެ މާނައަކީ ﷲ ކުރައްވާ ކޮންމެ ކަމެއްވެސް ރަނގަޅަށް ކުރައްވަވާކަމެވެ. 

ކަންތައްތައް އަޅުގަނޑުމެން ބޭނުންވާ ގޮތަށް ވިޔަސް އަދި ނުވިޔަސް، އަޅުގަނޑުމެން ބުނަނީ 'الحمد لله އެވެ. الحمد لله الذي بنعمته تتم الصالحات ގެ މާނައަކީ ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އެކަލާނގެ ނިޢުމަތްފުޅުން ހެޔޮކަންތައްތައް ފުރިހަމަވެގެންދެއެވެ.

ހުރިހާ ޙާލަތެއްގައިވެސް އަޅުގަނޑުމެންވަނީ ﷲގެ ޙަޟްރަތުން އައިސް، އަދި އެކަލާނގެއަށް ނިސްބަތްވެގެންނެވެ. ދުނިޔެއާއި އޭގައިވާ ހުރިހާ ކަމެއްވެސް ވަނީ ﷲ ގެ ޙަޟްރަތުން އައިސްފައެވެ. 

ހަނދާންކުރާށެވެ، ޔޫސުފުގެފާނު ޢަލައިހިއްސަލާމަކީ ކެތްތެރިކަމުގެ ﷲގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ކެތްތެރިކަމުގެ ވައްތަރުތައް ގިނައެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް މަޖުބޫރުވެގެން ކެތްތެރިވާން ޖެހެއެވެ. އެއީ ﷲ އަޅުގަނޑުމެން ދަތިކަމަކުން އިމްތިޙާނު ކުރައްވާ ހިނދުގައެވެ. އަނެއްބައި ފަހަރު އަޅުގަނޑުމެން އަމިއްލައަށް ކެތްތެރިވުމަށް ޚިޔާރުކުރަމެވެ. 

ސުބްޙާނަﷲ! ފަސޭހަކަން އަންނަ ހިނދު، މާ ބޮޑު ކަމަކަށްޓަކައި އަޅުގަނޑުމެން ބުނަނީ 'ނޫނެކެވެ، އަހަރެން ދަތިކަމުގައި ދެމިހުންނާނަމެވެ' އެވެ. ޔޫސުފުގެފާނަށްވެސް މިފަދަ ޙާލަތެއް ކުރިމަތިވިއެވެ. ހަނދާންކުރާށެވެ، ޖަލުގައި ވަނިކޮށް ފަހުން ރަސްގެފާނު ވިދާޅުވިއެވެ: 'ޔޫސުފު އަހަރެންގެ ގާތަށް ގެންނާށެވެ.' އޭރު އެކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟"

ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 50 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَقَالَ الْمَلِكُ ائْتُونِي بِهِ ۖ فَلَمَّا جَاءَهُ الرَّسُولُ قَالَ ارْجِعْ إِلَىٰ رَبِّكَ فَاسْأَلْهُ مَا بَالُ النِّسْوَةِ اللَّاتِي قَطَّعْنَ أَيْدِيَهُنَّ ۚ إِنَّ رَبِّي بِكَيْدِهِنَّ عَلِيمٌ ﴿٥٠﴾‏

މާނައީ: "ރަސްގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންގެ ގާތަށް އޭނާ ގެންނާށެވެ! ފަހެ، ރަސްގެފާނު ފޮނުއްވި މީހާ އެކަލޭގެފާނުގެ އަރިހަށް އައުމުން، ވިދާޅުވިއެވެ. ތިބާގެ ސާހިބުމީހާގެ ގާތަށް ތިބާ އެނބުރި ހިނގައިދާށެވެ! ފަހެ، އެއުރެންގެ އަތްތައް ކޮށައިލި އަންހެނުންތަކަށް ވީގޮތަކާމެދު، އޭނާއާ ސުވާލުކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން މޮޅަށް ދެނެވޮޑިގެންވެތެވެ. (50)"

 

- ޝައިޚް ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން

މިއަދު އޮންލައިން