މިއަސާސް ޤަބޫލުކުރާ މީހަކަށް އެއްވެސް ކަމެއް ނުވެގެންވެސް، ޙާޞިލްވުން ލަސްވެގެން އުޅޭކަށްވެސް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިއަސާސް ޤަބޫލުކުރާ މީހަކަށް އެއްވެސް ކަމެއް ނުވެގެންވެސް، ޙާޞިލްވުން ލަސްވެގެން އުޅޭކަށްވެސް ނުޖެހޭނެ! އިން ޝާ ﷲ

އިންސާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަން ނުވަތަ ކަމެއް ޙާޞިލުނުކުރެވުމާއި އަދި ޙާޞިލްކުރެވުން ލަސްވުމެވެ. އެޙާލަތުގައި ވިސްނަމުންގޮސް މީހާ މާޔޫސްވެގެންދެއެވެ. އެހެންވެ މިބުނަނީ އެކަން އެގޮތަށް މެދުވެރިނުވާނެ ގޮތެވެ. އިން ޝާ ﷲ 

ފުރަތަމަ ކަމަކަށް މުސްލިމުންނަކީ ކޮންމެ ކަމެއް ޙާޞިލުކުރަން މަސައްކަތްކުރިނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރާ ބައެކެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި އެކަމެއް ޙާޞިލުކުރަން ތިމާއަށް ކުރެވެން ހުންނަ ކަންކަން ކުރުމެވެ. 

ކޮންމެއަކަސް ޔަޤީންކުރަން ޖެހޭ ކަންކަމަކީ ތިމާ ކިތަންމެ ބޮޑަށް މަސައްކަތްކުރިޔަސް: 

1 ޙާޞިލުކުރެވޭނީ ތިމާއަށް މިންވަރުކުރައްވަވާފައިވާ ކަންކަން ކަން

2 އެކަމެއް މިންވަރުކުރައްވަވަން އޮތް ވަޤުތު ޖެހުމުންކަން

3 ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށްކަން

4 ތިމާއަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާކަން

5 އެދުނު ކަންތައް ހިންމަވައި ނުދެއްވަވައިފިނަމަ މާރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެކަން 

ލިސްޓް ދިގުކުރެވިދާނެއެވެ. އެކަމަކު ހަމައެކަނި މި 5 ކަންތަކަށް ހިތުގައި ޔަޤީންކަން ބޭއްވިނަމަވެސް އެމީހަކަށް މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

އަދި ކީއްހެޔެވެ؟ އެމީހަކު އެދޭކަންކަން ނުވަތަ މާރަނގަޅު ކަންކަން މިންވަރުކުރައްވަވާނެތެވެ. އެއީ ހަމަ ޔަޤީންކަމެކެވެ. ﷲ ތަޢާލާ އާއިމެދު މމޭރުމުން ޔަޤީންކުރާ މީހަކު މާޔޫސްވާން ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން