އެންމެ ފަޅި ސިކުންތަކަށްވެސް ނަރަކައިގަ ކެތްކޮށްލެވޭނެކަމަށް ވިސްނޭނަމަ އޮތީ ބިރުވެތިވުން! މިކަންކަމަށް ނިކަން ވިސްނާލަބަލަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެންމެ ފަޅި ސިކުންތަކަށްވެސް ނަރަކައިގަ ކެތްކޮށްލެވޭނެކަމަށް ވިސްނޭނަމަ އޮތީ ބިރުވެތިވުން! މިކަންކަމަށް ނިކަން ވިސްނާލަބަލަ!: ބިލާލް އައްސަދު

ދުނިޔަވީ އުފާތައް ޙާޞިލުކުރަން ބޭނުންވުމުން ތިމާއަށް މިކުރެވެނީ ފާފައެއް ކަމާއި މިކަމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމާއިމެދު ވިސްނައިލެވެނީ ވަރަށް މަދު މީހަކަށެވެ. ވީމާ މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ. 

ނަރަކައިގެ ޢަޛާބުން ކިތަންމެ ކުޑަމިންވަރެއް އިޙްޞާޞްކުރަންޖެހުނު ނަމަވެސް ދުނިޔޭގައި އެމީހާ ކުރި ހުރިހާ އުފާތަކެއް މުޅިން ހަނދުމަނެތިގެންދާނެއެވެ. އެއީ ދުނިޔޭގައި އެންމެ ބޮޑަށް ތަނަވަސްކަން ލިބިގެން އުޅުނު މީހެއް ނަމަވެސްމެއެވެ.  

ބައެއް މީހުން ދުނިޔަވީ އުފަލަށްޓަކައި ފާފަތައް ކުރަމުން ގެންދާއިރު އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނުއޮވެއެވެ. ނަރަކައިގެ އަލިފާނުގެ ހޫނުގަދަވާނެ މިންވަރަށާއި ލިބޭނެ ގަދަފަދަ ޢަޛާބަށް އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ.  

ނަރަކައިގައި ދާއިމަށް ތިބެންޖެހޭ މީހުން އެމީހުން ނެތިފަނާކުރެއްވެވުމަށް އެދޭނެތެވެ. ބިމުގައިހުރި ވެއްޔަށް ހައްދަވައިދެއްވެވުމަށް އެދިދަންނަވާނެތެވެ. ރޮއި އާދޭސްކުރާނެތެވެ! ނަމަވެސް އެދޭތާ 1000 އަހަރުފަހުން އެމީހުންނަށް ދެއްވަވާނެ ޖަވާބަކީ ނަރަކައި ތިބުމަށެވެ. މާނައަކީ ޢަޛާބަށް އެއްވެސް ލުޔެއް ނެތްކަމާއި އޮތީ ދާއިމަށް ޢަޛާބުގައި ދެމިތިބުންކަމެވެ.  

އެއްވެސް ފާފައެއް ކުރަން ބިރުގަންނަންޖެހެނީ މިސަބަބަށްޓަކައެވެ. ނަރަކައިގެ އަހުވެރިއަކަށް ވާންޖެހިދާނެތީއެވެ. އަދި ނަރަކައިން ސަލާމަތްވެސް ނުވެވިދާނެތީއެވެ. ބިރެއް ނެތި ޤަޞްދުގައި ފާފަކުރަމުން ގެންދާ މީހަކަށް ތިމާއަކީ ތިމާއަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާންވެގެން ހުރި މީހަކުކަމަކަށް ނުބުނެވޭނެއެވެ.  

މީސްތަކުންނޭވެ! ނަރަކައިގެ ވޭންހުރި ގަދަފަ ޢަޛާބަށް ބިރުވެތިވެ ފާފަތައް ކުރުން މުޅިން ހުއްޓައިލާށެވެ! ނަރަކައިގެ ޢަޛާބުގައި އެއްވެސް މިންވަރަކަށް ބީހިނުލައި ސުވަރުގެ ވަދެވޭނެ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އިން ޝާ ﷲ ޙަޤީޤީ ކާމިޔާބީއަކީ އެއީއެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން