ޝިރުކުރުމުން އެއްކިބާވެ ހުރެއްޖެ މީހާ ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ. މިބަހުގެ މާނައަކީ ޤިޔާމަތް ދުވަހު ސީދާ ސުވަރުގެ ވަދެވުމެއް ނޫނެވެ. ފާފަކުރެވި ތައުބާ ނުވެވި ހުރިނަމަ އެކަންކަމަށް ޖަޒާ ދެއްވެވުމަށްފަހު ސުވަރުގެ ވައްދަވާނެ ކަމެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންޑޭންޖެހޭނެ ކަމަކީ ޝިރުކަށް ވެދާނެ އެއްވެސް ކަމަކާއި ގާތްނުވުމެވެ. އެކަން ޙާޞިލުކުރެވޭނީ އެމީހަކަށް ތައުޙީދު ރަނގަޅަށް އެނގިގެންނެވެ.
ﷲ ތަޢާލާ ނުފުއްސަވާނެ ފާފައަކީ ކޮބައިތޯ؟
ﷲ ތަޢާލާ ނުފުއްސަވާނެ ފާފަ އަކީ ހަމައެކަނި ޝިރްކު ކުރުމެވެ. ޝިރްކު ކުރުންމަތީ ދެމިހުރެ މަރުވެއްޖެ މީހާގެ ފާފަ ނުފުއްސަވާނެއެވެ. އެނޫން ކޮންމެ ކުށަކީވެސް ﷲ އިރާދަ ކުރައްވައިފި ނަމަ ފުއްސަވާނެ ފާފައެވެ. ނޫންނަމަ އެކުށެއްގެ ޖަޒާ ކަނަޑަ އެޅިފައިވާ މިންވަރަކަށް ދެއްވުމަށްފަހުގައި ސުވަރުގެ ވައްދަވާނެ ކަންތަކެވެ.
އިތުރު 3 ސުވާލު:
އައްތަހިއްޔާތަށް އިންނައިރު ކަނާތުފައިގެ ބޮޑުވައި އިނގިލީގެ މަތިފުއް (ކަޅުހަން،ނިޔަފަތިޖެހެގޮތައްއިނުން) އެއީ އިނގިލީގެ ހުދުހަން ޖައްސައިގެން އިންނަން އުނދަގޫވާތީއެވެ.މިކަމުގެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ރަގަޅު ގޮތަކީ ފައިގެ ހުރިހާ އިނގިއްޔެއްވެސް ލެންބުމެވެ.
ލިޔެކިޔުންތަކުގައިބައްޕައަކީ ކާކުކަން އެނގެން ނެތްނަމަ، ނުވަތަ ޝަރުޢީގޮތުން ބައްޕަކަށަވަރުނުވާނަމަ، އެފަދަ އަންހެންކުއްޖަކު ކައިވެނި ކުރަންބޭނުންވެއްޖެހިނދު، ވަލީދޭންޖެހޭނީ ކާކުތޯއެވެ؟ ޙަގީގަތުގައިއަންހެންކުއްޖާގެ ބައްޕަ ނޭނގެނީ ހަމައެކަނި ލިޔެކިއުމުންނެވެ. ނަމަވެސް އެބައްޕަ އެބަހުރިވެސް މެއެވެ. ހުރީވެސް އެ އަންހެންކުއްޖާގެ މަންމައާއި ކައިވެނިކޮށްގެންނެވެ. މިފަދަ ޙާލަތުގައި އެ ބައްޕައަށް ވަލީ ދެވޭނެތޯއެވެ؟ ނުދެވޭ ކަމުގައިވާނަމަ އެ އަންހެންކުއްޖާ ވަލީ ހޯދަންޖެހޭނީކޮންގޮތަކަށްކަން އޮޅުންފިލުވާދެއްވުން އެދެމެވެ
އަންހެން ކުއްޖާގެ ޝަރްޢީ ބައްޕަ ދުނިޔޭގައި ހުރިނަމަ ވަލީ ދޭނީ ކުއްޖާގެ ބައްޕަ އެވެ. ޝަރްޢީ ބައްޕަ އަކު ނެތްނަމަ ވަލީ ދޭނީ ގާޟީ އެވެ.
ތެލަސީމިއާދެ ކެރިއަރުން އެކަން އެގިތިބެ ކައިވެނި ކުރުމަކީ ދީނީ ގޮތުން ހުއްދަކަމެއް ތޯއެވެ؟
ތެލެސީމިޔާ ދެ ކެރިއަރުންކަން އެނގި ހުރެ ކައިވެނި ކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އޭގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގުލާއި ވޭނުން ދެފަރާތްވެސް ސަލާމަތް ކަން ހޯދުމަށް ޓަކައެވެ.