ދެމަފިރިންގެ މެދުގައި ކެތްތެރިކަން ކުޑަކޮށްލައި ދީނުން ބޭރުވެވޭ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެމަފިރިންގެ މެދުގައި ކެތްތެރިކަން ކުޑަކޮށްލައި ދީނުން ބޭރުވެވޭ ޙާލަތު-

ޙައިޟުގެ ދުވަސްވަރުވެސް ލޯބިކުރުން ހުއްދަކަމަށް ބުނެއެވެ. ލޯބިކުރުމުގެ ޖިމާޢުވެވިއްޖެނަމަ ފާފަވެރިވާނެތޯ؟  

ޖަވާބުގައި ބުނަން އޮތީ ޙައިޟުގެ ދުވަސްވަރުވެސް ލޯބިކުރުން ހުއްދައެވެ. ޖިމާޢުވުން ނޫން އެހެން ގުޅުންތައް ހިންގަންވެސް ހުއްދައެވެ. ޖިމާޢުވުމުގެ ހުރި ނުރައްކައުތެރިކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އަންހެނެއްގެ ފުރަގަސް ފަރާތް ބޭނުން ކުރުމަށް ޝަރްޢީ ގޮތުން ލިވާޠެއް ނޫނެވެ. އެހެންނަމަވެސް އެއީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(ملعون من أتى امرأة في دبرها)

މާނައަކީ: "އަންހެނެއްގެ ފުރަގަސްފަރާތް ބޭނުން ކުރި މީހަކަށް ލަޢްނަތް ހުއްޓެވެ". އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ.

(من أتى  حائضا أو امرأة في دبرها  أو كاهنا فقد كفر بما أنزل على محمد)

މާނައަކީ: "ޙައިޟުވެފައިވާ އަންހެނަކާއި ޖިމާޢުވެއްޖެމީހާ އާއި، އަންހެނުންގެ ފުރަގަސްފަރާތް ބޭނުންކޮށްފިމީހާ އާއި، ކާހިނެއްގެ ގާތަށްގޮސްފިމީހާ މުޙައްމަދުގެ ފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ".

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން