އެކުވެރިއަކު ނުވަތަ އެނޫން މީހަކުނަމަވެސް ތިބާއަށް ދަރާއޮތްނަމަ އެމީހަކަށް ދީލަތިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިގަނެވެން އޮތް މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެކުވެރިއަކު ނުވަތަ އެނޫން މީހަކުނަމަވެސް ތިބާއަށް ދަރާއޮތްނަމަ އެމީހަކަށް ދީލަތިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިގަނެވެން އޮތް މަގެއް!

މިއަދު މިފެންނަނީ ކިތަންމެ ގާތް އެކުވެރިއަކު ނުވަތަ ޢާއިލާގެ މީހަކު ނަމަވެސް ތިމާއަށް ދަރާއޮތްނަމަ ޢޭނާގެ ޙާލަތަށް ބެލުމެއް ނެތި ދަރަނި އަތުލަން މަސައްކަތްކުރެވޭ ތަނެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެކަމުން ތިމާއަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އޮތް ނަމަވެސް ކިރިޔާވެސް މަޑުޖައްސާލައިދެވެން އޮތްނަމަ އޭނާއަށް އެހީތެރިވެދޭށެވެ. އެކަމުގެ ސަބަބުން އެމީހަކަށް ކުރާނެ ފައިދާ މާބޮޑެވެ.  

ދަތި ޙާލުގައި ހުރި މީހަކަށް ދަރަނި ދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ. ދަރަނިވެރިއަކަށް ދަރަނިއަދާކުރެވެން ނެތް ދަތިޙާލުގައި ހުރުމުގެ ސަބަބުން ދަރަނި އަދާކުރަން އިތުރު މުއްދަތު ދީފިނަމަ އެދޭ ކޮންމެ ދުވަހަކަށް އެޢަދަދުން ޞަދަޤާތްކުރިކަމުގެ ދެގުނަ ޘަވާބު ދެއްވަވާނެތެވެ. އަދި ދަރަނިވެރިއަކު ދަތިޙާލުގައި ހުރުމުން މުއްދަތު އިތުރުކޮށްދިނުމާއި އެދަރަނި މާފުކުރުމަކީ ޤިޔާމަތް ދުވަހުން އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ ކަމެކެވެ.   

މިއީ ޞަޙީޙް މުސްލިމްގައި ބަޔާންވެގެންވާ ޙަދީޘްފުޅުތަކުން އެނގެންހުރި ކަންކަމެވެ.  

މިދެއްކެނީ ޙާލަތު ނިޔާކުރާގޮތުން ދަރަނިވެރިވުން ނޫންގޮތެއް ނެތި ދަރަނި ނަގަން މަޖުބޫރުވެފައިވާ ނިކަމެތިންގެ ވާހަކައެވެ. ދަތިޙާލުގައި އުޅެންޖެހިފައިވާ ނިކަމެތިންނަށް ދަރަނި ދިނުމާއި އަދި ދަތިޙާލުގެ ސަބަބުން މުއްދަތުގައި އަދާނުކުރެވިއްޖެނަމަ މުއްދަތު އިތުރުކޮށްދިނުމާއި އަދި ކޮށްދެވެން އޮތްނަމަ އެފަދަ ޙާލުގައި ހުރި މީހަކަށް ދަރަނި މާފުކުރުމުން ދެއްވަވާ ޘަވާބުގެ މަތިވެރިކަމުގެ ވާހަކައެވެ.  

އެމީހެއްގެ ކިބައިގައި ކިރިޔާވެސް ތަނަވަސްކަން ހުރިނަމަ އެފަދަ ނިކަމެތިންނަށް ދަރަނިދޭށެވެ. މުއްދަތުވެސް އިތުރުކޮށްދޭށެވެ. އަދި މާފުވެސްކޮށްދޭށެވެ! ޢަރުޝީގެ ހިޔާވަހިކަން ލިބެން އޮތް ފުރުޞަތު ދޫކޮށްނުލާށެވެ!  

އަހުރެން މިބުނަނީ އަހުރެންގެ ވާހަކައެވެ. އަހުރެންނަށް ދަތިބޮޑުވެ ސަލާންޖަހަން ޖެހުނަސް ދަތިޙާލުގައި ހުރި މީހެއްގެ އަތުން ދަރަނި އަތުލަން އެއްވެސް ކަމެއް ނުކުރާނަމެވެ. ދަތިޙާލުގައި އުޅެންޖެހޭނީ ދުނިޔޭގައި ނޫން ހެއްޔެވެ؟ ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބުމަކީ ދުނިޔޭގައި އުޅުނު ހުރިހާ ދުވަހު އެންމެ ބޮޑު އުފާވެރިކަމުގައި އުޅެވުމަށްވުރެ މާބޮޑު ރަޙްމަތަކަށްވާތީއެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބުނު މީހަކު ސުވަރުގެ ވައްދަވާނެތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/192301/is-delay-in-repayment-of-the-debt-regarded-as-charity-on-the-part-of-the-creditor

 

މިއަދު އޮންލައިން