ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނާ ކުރިމަތިވެފައިވާ ހިތްދަތިކަމާ ތަކްލީފްތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ނިކަން މިދުޢާ ކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނާ ކުރިމަތިވެފައިވާ ހިތްދަތިކަމާ ތަކްލީފްތަކުން ސަލާމަތްކޮށްދެއްވެވުން އެދިގެން ނިކަން މިދުޢާ ކޮށްބަލަ!

މިދުޢާވެސް ޚާއްޞަކޮށްމިލަނީ ހިތްދަތިކަމާ ތަކްލީފްތަކުން އަރައިގަތުމަށް ކުރާނެ ރަނގަޅު ދުޢާއަކަށް އެދިލައްވާ ކިޔުންތެރިންނަށެވެ. 

ޔާ ﷲ! އިނބަ ﷲ އީ އިބްރާހީމްގެފާނު އެބިޔަ ބޮޑު އަލިފާންގަނޑުން ސަލާމަތްކޮށްދެއްވެވެވި ރަސްކަލާނގެއެވެ. 

ޔާ ﷲ! އިނބަ ﷲ އީ ޔޫސުފްގެފާނު އެބޮޑު ފުން ފެންވަޅުން ސަލާމަތްކޮސްދެއްވެވި ރަސްކަލާނގެއެވެ. 

ޔާ ﷲ! އިނބަ ﷲ އީ ފުން ރަތްކަނޑުން ަމގެއް ހިއްކަވައި ދެއްވަވައި މޫސާގެފާނާއި އެކަލޭގެފާނުގެ އަރިއަހުގައިވާ މީހުން ސަލާމްތަކޮށްދެއްވެވި ރަސްކަލާނގެއެވެ. 

ޔާ ﷲ! އިނބަ ﷲ އީ އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި އެބޮޑު އާލާސްކަންފުޅުން ސަލާމަތްކޮށްދެއްވަވައި އެކަލޭގެފާނަށް ގެއްލިވަޑައިގެންނެވި ހުރިހާ ނިޢުމަތްތައް އަނބުރާ ދެއްވެވި  ރަސްކަލާނގެއެވެ. 

ޔާ ﷲ! އިނބަ ﷲ އީ ޔޫނުސްގެފާނަށް އެބިޔަ ބޮޑު މަހުގެ ބަނޑުގައިވެސް ރައްކައުތެރިކަން ދެއްވަވައި އަދި އެމަހުގެ ބަނޑުން އެކަލޭގެފާނު ސަލާމަތްކޮށްދެއްވެވި ރަސްކަލާނގެއެވެ. 

ޔާ ﷲ! އިނބަ ﷲ އީ އާދަމެގެފާނަށް ކުރެއްވެވުނު އެބޮޑު ފާފައަށް ޢަފޫކޮށްދެއްވެވި ރަސްކަލާނގެއެވެ. އަދި ތައުބާވާ އެންމެންނަށް ޢަފޫކޮށްދެއްވަވަމުން ގެންދަވާ ރަސްކަލާނގެއެވެ. 

ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސވައި ދެއްވަވައި މިއަޅާގެ ފާފަތަކަށް ޢަފޫކުރައްވަވައި ދެއްވަވާނދޭވެ! އަދި މިއަޅާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމާ ހުރިހާ ތަކްލީފްތަކުން ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން

މިއަދު އޮންލައިން