ކޮންމެ ރެއަކު ކިޔަވަން ސުންނަތުގައިވާ ސޫރަތްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮންމެ ރެއަކު ކިޔަވަން ސުންނަތުގައިވާ ސޫރަތްތައް-

ކޮންމެ ރެއަކު ކިޔަވަންވީ އާޔަތްތަކާއި ސޫރަތްތަކާއިބެހޭގޮތުން ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ ހަނދުމަފުޅު އައުކޮށްލަދިނުމުގެ ގޮތުން ދަންނަވާލަމެވެ.   

"މުލްސޫރަތާއި، ސަޖްދަ ސީރަތާއި އިސްރާ ސޫރަތާއި ޒުމަރު ސޫރަތް ކިޔަވައި ވިދާޅުވެފައި ނޫނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ނުލައްޕަވާކަމަށް އޮވެއެވެ. އަދި ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތް ކިޔަވައިފި މީހަކަށް (އެދުވަހަށް) ފުދޭނެ ކަމަށްވެސް ޙަދީޘްފުޅުގައި އޮވެއެވެ.  

ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔެވުމަކީ ކައްވަޅުގެ ޢަޛާބުން ސަލާމަތްކަން ލިބޭނެ ކަމެކެވެ. ކޮންމެ ރެއަކު 100 އާޔަތް ކިޔެވުމަކީ މުޅި ރޭ އަޅުކަންކުރިކަމުގެ ޘަވާބު ލިބޭ ކަމެކެވެ.  

އަދިވެސް ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލްކުރުސި ކިޔެވުމަކީ އޭނާ ސުވަރުގެ ވަނުމާއިމެދު މަރު (މަރުވުން) ފިޔަވައި ހުރަހެއް ނެތް ކަމެކެވެ.  

ދެއިރު ކިޔަންޖެހޭ ޛިކުރުތައް ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ"

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލްޠީފް

މިއަދު އޮންލައިން