އިބްރާހީމްގެފާނުގެ މަތިވެރިކަން ބޮޑުކަމުން މިންވަރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އިބްރާހީމްގެފާނުގެ މަތިވެރިކަން ބޮޑުކަމުން މިންވަރެއް!

ﷲ ތަޢާލާގެ "ޚަލީލް" ކަމުގެ ދަރަޖަ ލިބިވަޑައިގަތީ އިބްރާހީމްގެފާނަށާއި އަހުރެމެންގެ ލޮބުވެތި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ދަރަޖައެވެ. ﷲ ތަޢާލާގެ "މިތުރު" ނުވަތަ "އެންމެ ގާތް އެކުވެރިޔާ" ކަމަށްވެވުމުގެ ޝަރަފުގެ މަތިވެރިކަމާއިމެދު ވިސްނައިލާށެވެ! 

ތިޜިގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އިބްރާހީމު عليه السلام އަކީ "ނަބީބޭކަލުންގެ ބަފައިކަލުން"ގެ ގޮތުގައި، ޤުރުއާނުގައި ﷲ ތަޢާލާ ޛިކުރުކުރައްވާފައިވެއެވެ.‎

﴿مِّلَّةَ أَبِيكُمْ إِبْرَاهِيمَ﴾ [سورة الحج ٧٨]

މާނައީ: "ތިޔަބައިމީހުންގެ ބަފައިކަލުން އިބްރާހީމުގެފާނުގެ މިއްލަތެވެ." 

އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި 17 ނަބީބޭކަލެއްގެ ނަންފުޅު ﷲ ތަޢާލާ ވަނީ ޤުރުއާނުގައި ޛިކުރުކުރައްވާފައެވެ. އެއީ:

–އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ދަރިފަސްކޮޅުން: މުޙައްމަދު صلى الله عليه وسلم އެވެ. 

–އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުން: ޔަޢުޤޫބުގެފާނާއި، ޔޫސުފުގެފާނާއި، އައްޔޫބުގެފާނާއި، ޛުލްކިފްލިގެފާނާއި، މޫސާގެފާނާއި، ހާރޫންގެފާނާއި، އިލްޔާސްގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނު އަދި ޢީސާގެފާނެވެ.

–عليهم السلام – 

"الإبطال لنظرية الخلط بين الأديان للشيخ بكر أبو زيد (ص: 52 -53)"

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން