ކަންކަން ކުރިމަތިވުމުން ގިނަ މީހުންނަށް ކަންބޮޑުވެވެނީ ދިރިއުޅުމާއިމެދު އެނގެންޖެހޭ މިންވަރަށް ކަންކަން ނުވިސްނޭތީއެވެ. އެހެންވެ މިބުނެދެނީ ކޮންމެ މީހަކަށްވެސް އެނގި އަދި ޤަބޫލުކުރުމުން ފައިދާކުރާނެ ބައެއް ކަންކަމެވެ. މި ކަންކަން ޤަބޫލުކުރާ މީހަކަށް މިފަދަ ޙާލަތެއް ނުވަތަކަމެއް ދިމާވިޔަސް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
1 ތިބާއަކީ ރަނގަޅު މީހަކަށް ވެއްޖެނަމަ ކަމުނުދާ ބައަކު އުޅޭނެއެވެ. ގިނަވާނީވެސް އެފަދަ މީހުންނެވެ.
2 އެއްބައަކަށް ތިބާ ކަމުދާތީ ތިބާއަށް ނަފްރަތުކުރާ ބައަކު އުޅޭނެއެވެ.
3 ނޫނެކޭ ބުނަން ދަސްނުވެއްޖެނަމަ މީހުން ބުނާ ކަންތައްތައް ކުރަމުންގޮސް މީހާ ވެއްޓޭނީ ހަލާކުތެރެއަށެވެ.
4 ދިރިއުޅުމުގައި ލިބޭނީ ހަމައެކަނި ތިމާއަށް ހައްގުވާ އެއްޗެކެވެ.
5 ހުނަރުވެރި ނަމަ ދެން ވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ.
6 ކިތަންމެ ރަނގަޅު މީހާއަށްވެސް އަބަދުވެސް ނަފްރަތު ކުރާނެ ބައަކު ތިބޭނެއެވެ.
7 އކިތަންމެ ރަނގަޅަށް ކަންކަންކުރަން އުޅުނަސް ކޮންމެ މީހަކަށްވެސް ކުށްތަކެއް ކުރެވޭނެއެވެ.
8 ގާތްތިމާގެކަން އޮތަސް ދުޝްމިނުވެގެން މީހަކު ހުރެދާނެއެވެ.
9 އުމުރުން ގިނަދުވަސްވުމަކީ އެންމެންގެ ބުއްދި ފުރިހަމަވާ ކަމެއް ނޫނެވެ. ދޮށީ ޢުމުރުގައިވެސް މޮޔަ ކަންކަން ކުރާ މީހުން ބައިވަރެވެ.
10 ޙާލަތެއް މެދުވެރިވެގެން ކަމެއް ދޫކޮށްލަން ޖެހުމަކީ އެއަށްވުރެ ރަނގަޅު ކަމެއް މެދުވެރިނުވާން އޮތް ސަބަބެއް ނޫނެވެ.
11 އަމިއްލަ ނަފްސްދެކެ ލޯބިވުން ވަރަށް މުހިންމެވެ. އަމިއްލަ ނަފްސަށް ލޯބިވާނަމަ ތިމާގެ ނަފްސަށް ގެއްލިބޭނެ ކަމެއް ނުކުރާނެއެވެ. ދިރިއުޅޭނީ އެކަމަށް ވިސްނައިގެންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން