ކުރިމަތިވެފައިވާ ހިތާމައިގެ ނުވަތަ އުފުލަން ޖެހިފައިވާ ތަކްލީފްގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! މިމަގުން ދުޢާކުރާ މީހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ކުރިމަތިވެފައިވާ ހިތާމައިގެ ނުވަތަ އުފުލަން ޖެހިފައިވާ ތަކްލީފްގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! މިމަގުން ދުޢާކުރާ މީހާގެ ބޭނުންތައް ފުއްދަވައިދެއްވަވާނެ! އިން ޝާ ﷲ

ޢިލްމްވެރިން ވަރަށް ގިނައިން ވިދާޅުވާ އެއްވާހަކައަކީ ކޮންމެ ކަމަކަށް ބޭނުންވިޔަސް އަސްތަޣްފާރުކުރުން ގިނަކުރުމަށެވެ. އަސްތަޣްފާރުކުރަނީ ކީއްކުރަން ހެއްޔެވެ؟ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރުމަށާއި ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދެންނެވުމަށެވެ. ދެން އަޑުއަހާށެވެ!  

ކަމަކަށް ބޭނުންވުމުން އެކަމެއް ހިންމަވައި ދެއްވެވުން އެދިގެން ދަންނަވާ މީހުންނަށްޗވުރެ ގިނައިން ﷲ ތަޢާލާ މަތިވެރިކުރާ މީހުންނަށް ދެއްވަވާނެކަން ޤުދްސިއްޔަ ޙަދީޘްފުލަކުންއެނގެން އެބަ އޮތެވެ. ވީމާ މިއީ ވިސްނަން ޖެހޭނެ ކަމެކެވެ.   

ބޮޑުކަމެއް ޖެހިއްޖެނަމަ ﷲ ތަޢާލާ މަތިވެރިކުރުމަށް ޙަދީޘްފުޅުގައި އެބައޮތެވެ. 

އެހެން ޙަދީޘްފުޅެއްގައިވަނީ ބޮޑުކަމެއް ޖެހިއްޖެނަމަ (ހާސްވެ ކަންބޮޑުވާ ޙާލަތުގައި) މިފަދައިން ކިޔުމަށެވެ.  

اللَّهُ اللَّهُ رَبِّي لاَ أُشْرِكُ بِهِ شَيْئًا ‏"‏ ‏.‏ 

It was narrated that Asma’ bint ‘Umais said:

“The Messenger of Allah () taught me some words to say at times of distress: Allah! Allahu Rabbi la ushriku bihi shay’an (Allah, Allah is my Lord, I do not associate anything with Him).” 

ތިމާގެ ވެރި ރައްބަކީ ﷲ ތަޢާލާކަން ބަޔާންކުރުމާއި ޝަރީކު ނުކުރުމަކީ ﷲ ތަޢާލާ ަމތިވެރިކުރުކުގެ އެންމެ މަތީ ދަރަޖައެވެ.   

އެބިޔަ ބޮޑު މަހުގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވީ ކޮންކަމެއް ހެއްޔެވެ؟ ވިދާޅުވީ މިފަދައިންނެވެ.  

لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

"އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."  

މިދުޢާ ﷲ ތަޢާލާ ޢިޖާބަކުރެއްވެވިއެވެ. އެމަހުގެ ބަނޑުން ސަލާމަތްކަމާއިއެކު ތ=ޔޫސުފްގެފާނު ސަލާމަތްކޮށްދެއްވެވިއެވެ. މިކަމުން އެނގެނީ މީހާގެ ނިކަމެތިކަން ބަޔާންކުރުމާއިއެކު ﷲ ތަޢާލާ މަތިވެރިކުރުމުން އެމީހާގެ ބޭނުން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ކަމެވެ.  

ވީމާ ކޮންމެ ކަމެއް ޖެހުނަސް އެކަމުގެ ބޮޑުމިނަށް ނުބަލާށެވެ! މިފަދައިން ދުޢާކުރާށެވެ! އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން