ބައެއްގެ ނުބައިކަމަށް ބިރުފުޅުގެން ވަޑައިގެން ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ކުރެއްވެވި ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ބައެއްގެ ނުބައިކަމަށް ބިރުފުޅުގެން ވަޑައިގެން ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ކުރެއްވެވި ދުޢާ-

ޢާއިޥަތު ރަފާްޙް ޢަލީ

 

އަހުރެމެންނަށް އަބަދުހެން ތިބެނެޖެހިފައި މިވަނީ ކޮންމެވެސް މީހަކު ދީފާނެ ބޮޑު ގެއްލުމަކަށް ބިރުންނެވެ. ބިރުގަތުމަކީ ޙައްލެއް ނޫނެވެ. ޙައްލު ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ކުރަން އޮތްކަމަކީ ދުޢާކުރުމެވެ.

أنَّ النبيَّ صلَّى اللهُ عليهِ وسلَّمَ كان إذا خاف قومًا قال : 

 

اللهمَّ إنَّا نجعلُكَ في نحورهم ، ونعوذُ بكَ من شرورهم

މާނައީ: ނަބިއްޔާ ބައެއް ދެކެ ބިރުފުޅުގެންވަޑައިގެންފިނަމަ މި ފަދައިން ދުޢާކުރައްވަވައެވެ!

“އޭ ﷲ! (އަޅަމެންގެ ޙިމާޔަތާއި ދިފާޢަށްޓަކައި) އަޅަމެން އެބައިމީހުންނާ (ދުޝްމިނުންނާ) ދިމާއަށް އިބަﷲ ކުރިމަތިކުރަމުއެވެ. އަދި އެބައިމީހުންގެ ނުބައިކަމުން އަޅަމެން ރައްކާތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން ދަންނަވަމުއެވެ.

أخرجه أبو داود  

ﷲ ސުބްހާނަހޫ ވަތަޢާލާ ތަވައްކުލުކޮށް އެކަލާނގެއަށް ދުޢާކުރުމަކީ، އިންސާނާ ބިރުގަންނަ ކަންކަމުން ސަލާމަތްވުމަށް ލިބޭ އެހީއެކެވެ. ފައިދާހުރި ނުވަތަ ތިބާއަށް ގެއްލުމެއް ގެނައުމަށް ކުޅަދާނަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.

މި ޙަދީޘްގައި އަބޫމޫސަލް އަޝްޢަރީ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ބައެއް ދެކެ ބިރުފުޅުގެން ވަޑައިގަންފިނަމަ(މުސްލިމުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުފުޅުގެން ވަޑައިގަތްފިނަމަ) މިފަދައިން ދުޢާ ކުރައްވައެވެ.

"اللَّهمَّ إنَّا نَجعَلُك في "نُحورِهم"  

އެބަހީ އެ ދުޝްމިނުން ކުރި މައްޗަށް އަރައި އެބައިމީހުންނާއި ކުރިމަތިލުން އެމީހުން އަހަރެމެންނަށް ނުބައިކޮށް ކަންތައް ކުރަން ބޭނުންނަމަ އެމީހުންގެ ކިބައިން އަހަރެމެންނަށް މާތްالله ފުދޭނެ ކަމެވެ. 

"ونَعوذُ بك مِن شُرورِهم"  

އަދި އެމީހުންގެ ރޭވުންތަކާއި އޮޅުވާލުމާއި، އެމީހުން އަހަރެމެންނަށްޓަކައި ހޯދާ ނުބައި ކަންކަމުން އަހަރެމެން ރައްކާތެރިކަން ހޯދައި މާތްރަސްކަލާނގެ ކިބަފުޅުން ހިމާޔަތް ހޯދަމެވެ. 

މިއީ ހަނގުރާމަތަކުގައިވެސް އަދި ހުރިހާ ހާލަތެއްގައިވެސް މާތްރަސްކަލާނގެ ޙަޟްރަތުން އެހީތެރިކަމަށް އެދުމަށް ކުރެވިދާނެ ދުޢާއެކެވެ.  

الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)

 

މިއަދު އޮންލައިން