އަހުރެންގެ ވާހަކަކޮޅު ފަށާނީ މޫސާގެފާނާއި ހަމައިންނެވެ. މޫސާގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުން ﷲ ތަޢަލާއަށް ދުޢާކުރެއްވެވުމުން މިވެނި ގަހަކުން ފަތް ފަރިކުއްވަވަން ﷲ ތަޢާލާ އެންގެވިއެވެ. އެގަހުގެ ފަތް ފަރިއްކުޅުއްވެވުމުން ޝިފާ ލިބިވަޑައިގެންނެވިއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން އާލާސްކަންފުޅު ޖެހިވަޑައިގަތުމުން ހަމައެގަހުން ފަތް ފަރިއްކުޅުއްވެވިއެވެ. އެފަހަރަކު ޝިފާ ލިބިވަޑައެއް ނުގެންނެވިއެވެ. މިވީ ކިހިނަކުން ހެއްޔެވެ؟
ޖަވާބަކީ ފުރަތަމަ ފަހަރު ޝިފާ ލިބިވަޑައިގަތަކީ އެފަތަކުން ނޫނެވެ. މޫސާގެފާނު ދުޢާކުރެއްވެވުމުން އެފަތުގައި ﷲ ތަޢާލާ ޝިފާ ލެއްވެވީތީއެވެ. ދެވަނަ ފަހަރު ޝިފާ ލިބިވަޑައިގަތީ ދުޢާ ނުކުރައްވަވައި ފަރިއްކުޅުއްވެވުމުންނެވެ.
މިއީ އަހުރެމެން ދަސްކުރަންޖެހޭ ފިލާވަޅެކެވެ. ބަލިވުމުން ފުރަތަމަ ކަމަކަށް އޮތީ ދުޢާކުރުމެވެ. ޑޮކްޓަރަށް ދައްކައި ބޭސްނަގައިގެން ބޭސްކާންފެށުމުގެ ކުރިންވެސް ދުޢާކުރަންވާނެއެވެ. ކިތަންމެ މޮޅު ބޭހަކަށް އެއްވެސް ބޭހަކަށް އެއްވެސް މީހަކަށް ޝިފާއެއް ނުދެވޭނެއެވެ. ޝިފާ ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
ވީމާ ކިތަންމެ ފައިދާހުރި މޮޅު ބޭހެއް ކެއިނަމަވެސް ފުރަތަމަ ކަމަކަށް ދުޢާކުރާށެވެ! އަދި ބަލިވުމުން ފުރަތަމަ ކުރާ ކަމަކީ ދުޢާކުރުން ކަމަށް ހަދާށެވެ! އަދި ދުޢާކުރުން ހުއްޓައި ނުލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ! އެމީހަކަށް ޝިފާ ދެއްވަވާނެތެވެ. އަދި ބަލީގައި މަރުވިޔަސް މަރުވާނީ ﷲ ތަޢާލާގެ ރަޙްމަތް ލިބިގެންވާ ޙާލުގައެވެ. އިން ޝާ ﷲ
- ޝައިޚް އައުސާމާ އަލްޝުރަފާގެ ދަރުސަކުން