ކީރިތި ޤުރްއާން ކިޔަވަންޖެހޭކަން ނުއެނގޭ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް އެކަމަށް އެބަ ފަރުވާތެރިވެވޭ ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔަވަން އެބަ ސަމާލުކަން ދެވޭ ހެއްޔެވެ؟
މިވެނި އެވެނި ކަންކަން ތިމާއަށް އަމިއްލައަށް ޙައްލުކުރެވޭނެކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެއީ ކުށެކެވެ. އެހެނީ ކޮންމެ ކަމެއްގެވެސް ޙައްލުވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޙައްލު ލިބުން އޮތީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން އެކަން އެމީހަކަށް މިންވަރުކުރެއްވެވުމުންނެވެ.
ދެން ބަލައިލަންވީ ޤުރްއާނަށެވެ. ޤުރްއާން ކިޔަވާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެމުންދާނެއެވެ. އިން ޝާ ﷲ. ހަމަ އެއާއިއެކު ޤުރްއާނަކީ ޝިފާއެކެވެ.
ޤުރްރްޢާން ކިޔަވާ މީހާގެ ހިތް އިން ޝާ ﷲ ޠޯހިރުވަމުންދާނެއެވެ. އެކަމުގެ ސަބަބުން އެމީހާލޭވެސް ޠޯހިރުވަމުންދާނެއެވެ. އަދި ކީއްހެއްޔެވެ. ޖެހިފައިވާކަން އެނގޭ ބަލިތަކުންނާއި ނުއެނގޭ ބަލިތަކުން ޝިފާ ލިބެމުންދާނެއެވެ. އިން ޝާ ﷲ
އެހެނަސް މިއަދު މައްސަލައަކަށް ވެގެން މިއުޅޭކަމަކީ ޤިރްއާނާއި ދުރަށް ޖެހެވޭކަމެވެ. ނުކިޔެވޭކަމެވެ. އުނގެނެން މަސައްކަތް ނުކުރެވޭ ކަމެވެ. ޢަމަލުނުކުރެވޭކަމެވެ. އަދި ކުރިން މިބުނި ކަންކަން ޙާޞިލުކުރެވޭނެކަން ޤަބޫލުވެސް ނުކުރެވޭކަމެވެ.
މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔަވަން އޮތް މަގުން ކިޔަވާނަމަ އެމީހަކަށް ޖެހިފައިވާ އެމީހަކަށް ޖެހިފައިވާ ހުރިހާ ބަލިތަކަށްވެސް ޝިފާ ލިބޭނެއެވެ. އިން ޝާ ﷲ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބެމުންދާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން