ފުރަތަމަ ކަމަކީ މީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ އެމީހާގެ މާޒީ ﷲ ތަޢާލާ "ޑިލީޓް" ކޮށްދެއްވަވާ ކަމެވެ. އެހިސާބުން އޭނާއަކީ އެއްވެސް ފާފައެއް ނުކުރާ މީހަކުފަދައެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ.
ތައުބާވުމަށްފަހު މާޒީގައި ކުރެވިފައި ހުންނަ ފާފަތައް ހަނދާންވާ މީހުން ގިނައެވެ. މިފަދަ ހަނދާންތައް ކުރެވުމުން އުނދަގޫވާމީހުންވެސް ވަރަށް ގިނައެވެ. އެހެންކަމުން ވިސްނައިލަންވީ ކަންކަން އެބަހުއްޓެވެ.
އެމީހަކު ތައުބާވުމަށްފަހު މާޒީގައި ކުރެވިފައި ހުރިފާފަތައް ހަނދާންކޮށްދެނީ ޝައިޠޯނާއެވެ. މިސާލަކަށް ފާހިޝް އަމަލުތައް ކުރެވުނު ދުވަސްވަރު ލިބުނު އުފާ، ވައްކަންކުރި ދުވަސްވަރު އުޅުނު މުއްސަނދިކަން ފަދަ ކަންކަމެވެ. ނައިޓްކްލަބްތަށާއި ބާތަކަށް ގޮސްއުޅުނުއިރު ލިބުނު ހިތްހަމަޖެހުމެވެ. އެއިރު ނިދަންފަސެހަވިމިންވަރެވެ!
އެކަންކަން ހަނދާންކޮށްދިނުމުގެ ބޭނުމަކީ އެކަންކަމަށް އަދިވެސް ތިބާ އިތުރަށް ތިބާ ޝައުޤުވެރިކުރުވައި އެފަދަ ފާފަތައް ކުރުވުމެވެ. ވީމާ ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް މިފަދަ އެއްވެސް ކަމެއް، ކުރިން ކުރވިފައިވާ ފާފައިގެ ވާހަކަދައްކާނަމަ އެމީހަކު އެއަދާކުރަނީ ޝައިޠޯނެއްގެ ދައުރެވެ.
އެފަދަ ވާހަކަ ދައްކާނަމަ އެމީހަކާއި އަވަހަށް ދުރުހެލިވާށެވެ! ގުޅުން އެކުގައި ކަނޑައިލާށެވެ! ތައުބާވުމަށްފަހު އޮތީ އެގޮތުގައި ސާބިތުވެ ކުރިއަށްދާން މަސައްކަތްކުރުމެވެ. އެމީހަކަށް ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އަހަރެމެން ކޮންމެ މީހަކީވެސް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ ފާފަތައް ކުރެވޭ މީހެކެވެ. މިކަމުގައި އިސްތިސްނާވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ކޮންމެ މީހަކީ އެންމެ ބޮޑެތި ފާފަތައް ނުކުރެވެ މީހަކަށްވެދާނެއެވެ. ނަމަވެސް ކޮންމެވެސް ބާވަތެއްގެ ފާފަތަކެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ.
Anas ibn Malik reported: The Prophet, peace and blessings be upon him, said, “All of the children of Adam are sinners, and the best sinners are those who repent.” Source: Sunan al-Tirmidhī 2499 Grade: Sahih (authentic) according to Al-Suyuti
ތިމާއަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ތައުބާވުމުން މާޒީއެކުގައި ފުހެވިގެންދިއައީއެވެ. އެންމެ މަތިވެރި މީހުންގެތެރޭގައި ހިމެނުނީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން