ސައުތު އޭޝިއާގެ 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ލިސްޓުގައި ދިރާގު!

ކިޔުމަށް ހޭދަވާނީ 1މ 16ސ
ސައުތު އޭޝިއާގެ 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ލިސްޓުގައި ދިރާގު!

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޓެލެކޮމް އަދި ދިޖިޓަލް ޚިދުމަތް ދެމުން އަންނަ ދިރާގުން މުވާސަލާތީ ޚިދުމަތްތަކުގެ ތެރެއިން މޯބައިލް އިންޓާރނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަތް ކަމަށްވާ 5ޖީ ޑެމޯ އެއް ރާއްޖޭގައި ދައްކާލައި ސައުތު އޭޝިއާގެ 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނި ތަކުގެ ލިސްޓުން ޖާގަ ހޯދައިފިއެވެ.

 

އޭޝިއާގައި ރާއްޖެ ފިޔަވައި ދެން 5ޖީ ޑެމޯ ދައްކާލާފައި ވަނީ މެލޭޝިއާ، ސިންގަޕޯރ، ހޮންގކޮންގ އަދި އިނޑިއާގައި އެވެ.

 

ދިރާގުން 5ޖީ ޑެމޯ ޢާއްމުންނަށް ދައްކާލާފައި ވަނީ، މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި އެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން މަސައްކަތް ކުރަނީ އައު ޓެކްނޮލޮޖީއާއި ޑިޖިޓަލް ޚިދުމަތް ރާއްޖޭގެ މާކެޓަށް ގެނެއުމަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތުގެ ތެރެއިން އިތުރު ފާގަތި ކަމާއި ކުރިއެރުން ގެނައުމަށް ދިރާގުން މަސައްކަތް ކުރާނެ ކަމަށް އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

5ޖީގެ ފައިދާތައް އެތައް ގުނައަކަށް ބޮޑެވެ. އެގޮތުން 5ޖީ ޓެކްނޮލޮޖީއާއެކު އިންޓާރނެޓް ސްޕީޑު އަދި ނެޓްވޯކް ކަނެކްޓިވިޓީ އާދަޔާ ޚިލާފަށް އަވަސް ވާނެއެވެ. އެގޮތުން 4ޖީ ޚިދުމަތާ އަޅާބަލާއިރު 10 ނުވަތަ 20 ގުނަ އިތުރު ކުރިއެރުމެއް ޑައުންލޯޑް ސްޕީޑަށް ލިބިގެންދާނެއެވެ. އަދި ގުދުރަތީ ކަރިސާތަކުގައި މުވަސަލާތު ކުރުމަށް މި ޚިދުމަތުގެ ސަބަބުން އަވަސްވެގެން ދާނެއެވެ.

 

ލިޔުނީ: ޒިދާން މުޙައްމަދު

 

މިއަދު އޮންލައިން