އަނިޔާވެރިވާނަމަ އެމީހެއްގެ ވާހަކަ ދެއްކޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަނިޔާވެރިވާނަމަ އެމީހެއްގެ ވާހަކަ ދެއްކޭނެ!

އެއްވެސް މީހެއްގެ އަމިއްލަ ކަންކަމާއިބެހި އެމީހާގެ ވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ. ނަމަވެސް މީހުންގެ ވާހަކަ ދެއްކޭނެ ޙާލަތުވެސް އެބަހުއްޓެވެ. ތިރީގައިވާ ލިޔުމުން އެކަންކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

(وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ) [رواه مسلم] 

މާނައީ: "އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، ﷲ އެމީހާގެ ޢައިބު ވަންހަނާކޮށްދެއްވާނެއެވެ." 

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މުސްލިމެއްގެ ޢައިބުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެފަދަ ޙާލަތްތަކަކީ: 

 –އަނިޔާލިބިގެންވާމީހާ އަނިޔާވެރިވާމީހާގެ ވާހަކަދެއްކުން

– މުންކަރާތްމަނާކުރުން

– ޝަރުޢީ ފަތުވާއެއްހޯދުން

ޤަޞްދުގައި ފާޅުގައި ފާފަކުރާމީހުންގެ ވާހަކަދެއްކުން

މަޝްހޫރުވުމުގެ ގޮތުން ފާފަކުރާމީހާގެ ވާހަކަ ދެއްކުން

 

- އަލްއަޚް މުޙައްމަދު މަޢޫން ޝަރީފް

 

މިއަދު އޮންލައިން