މަންމަގެ ހަކުރު ކޮންޓްރޯލްނުކުރެވޭނަމަ މަންމައަށް ނިދޭމިންވަރަށް ބަލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މަންމަގެ ހަކުރު ކޮންޓްރޯލްނުކުރެވޭނަމަ މަންމައަށް ނިދޭމިންވަރަށް ބަލަންޖެހޭނެ!

އަހުރެން މަންމަގެ ވާހަކައިން މިފެށީ ސަބަބެއް އޮވެގެންނެވެ. އެއީ މަންމަ ނުވަތަ ބައްޕަގެ ހަކުރު ކޮންޓްރޯލްނުކުރެވިގެން އަހުރެންގެ ގާތަށް އަންނަ ގިނަ މީހުންގެ ކަންކަމަށްބަލާއިރު ގިނައީ ނިދަންޖެހޭ ވަރަށް ނުނުދޭ މީހުންނެވެ. އެމީހުންގެ ނިންޖަށް ފަރުވާކުރުމުން ހަކުރު ކޮންޓްރޯލަކުރަން ފަސޭހަވެގެންދެއެވެ. 

އެންމެންނަށްވެސް ޤަވާޢިދުން ނިދިލިބުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެހެންކަމާއިއެކުވެސް ހަކުރުބަލީގެ މީހުންނަށް ހަމަނިދިލިމުގެ މުހިންމުކަން އިތުރުވެގެންދެއެވެ. ވީމާ މަންމަގެ ވާހަކައިން ފެށިނަމަވެސް މިއީ އެންމެންނަށްވެސް މުހިންމު ކަމެކެވެ.  

ނިދުމާއި ސިއްހީ މައްސަލަތަކާ އޮންނަ ގުޅުމާ ބެހޭ ގޮތުން ގިނަ ތަހުގީގުތަކެއް ކޮށްފައިވާ  ސްލީޕް ފައުންޑޭޝަނުން ބުނާ ގޮތުގައި ހަކުރުބައްޔާއި ގުޅޭގޮތުން ކުރެވިފައިވާ ގިނަ ދިރާސާތަކަކުން މިކަން މިގޮތަށް އެނގިގެންދެއެވެ. 

އެ ފައުންޑޭޝަނުން ބުނާ ގޮތުގައި މި ގުޅުން ގުޅިފައި އޮތީ ނިދި މަދުވުމުން ސްޓްރެސް ހޯރމޯން ކޮރޓިސޯލް ދޫކުރުމުގެ އިތުރުން ކާއިރު އިންސިއުލިން ދޫކުރާ މިންވަރު ވެސް މަދުވވާތީއެވެ. 

މިކަމުގަ ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުނިދި އޮންނަން ޖެހުމަކީ އިތުރަށް ބަނޑުހައިކުރުވާ ކަމަކަށްވާތީއެވެ. ނަތީޖާއެއްގެ ގޮތުން ކާންޖެހޭ މިންވަރު އިތުރުވާތީއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން