ހަނދުމަކޮށްދިނުމެއް!: ހިލޭ އަންހެނަކާއި ފިރިހެނަކު ބީހުމުން ވުޟޫގެއްލުމާއިމެދު އެނގެންޖެހޭ ކަންކަނަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 50ސ
ހަނދުމަކޮށްދިނުމެއް!: ހިލޭ އަންހެނަކާއި ފިރިހެނަކު ބީހުމުން ވުޟޫގެއްލުމާއިމެދު އެނގެންޖެހޭ ކަންކަނަ-

ހިލޭ އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ގެއްލުމުގެ މައްސަލާގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ. 

ފުރަތަމަ ރައުޔު: ކޮންމެ ޙާލެއްގައި ނަމަވެސް ހިލޭ އަންހެނެއްގެ ގައިގާ ބީހިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އެއީ ޝަހްވަތަކާ އެކު ބީހުނު ނަމަވެސް، ނުވަތަ ޝަހްވަތެއް ނެތި ނަމަވެސް، ގަޞްދުގައި ނަމަވެސް، ނުވަތަ ގަޞްދުގައި ނޫންނަމަވެސް އެވެ. މިއީ އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ ރައުޔެވެ. 

އެކަލޭގެފާނުގެ ދަލީލަކީ ސޫރަތުއް ނިސާގެ 43 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَوْلَامَسْتُمُالنِّسَاءَ) މާނައަކީ: "ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ". ބަހުގެ ގޮތުން "ލަމްސު" ގެ މާނައަކީ އަތުން ބީހުމެވެ. ބައެއް ޙަދީޘް ތަކުގައި "ލަމްސު" ގެ މާނަ "އަތުން ބީހުމުގެ" މާނާގައި އައިސްފައިވެއެވެ. މިޘާލަކަށް: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މާޢިޒްގެ ގާތުގައި ދެންނެވިއެވެ. (لَعَلَّكَقَبَّلْتَأَوْلَمَسْتَ) މާނައަކީ: "ތިބާ ބީހުނީ ހެއްޔެވެ؟ ނުވަތަ ދޮނެއް ދިނީ ހެއްޔެވެ؟"

އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (وَالْيَدُزِنَاهَااللَّمْسُ) މާނައަކީ: "އަތުގެ ޒިނޭ އަކީ ބީހުމެވެ."

ނަމަވެސް، މިހުރިހާ ޙަދީޘް ތަކުންވެސް ދޭހަވަނީ "މައްސާއި ލަމްސު" މާނަ ކުރެވެނީ ޖިމާޢު ވުން ނޫން ގޮތަކަށް ބީހުމަށް ކަމެވެ. މި ހިސާބުން އުފެދޭ މައްސަލަ އަކީ އާޔަތުގައިވާ "ލާމަސްތުމް" ގެ މާނަ ކުރުމުގައެވެ. އޭގެ މާނައަކީ "ޖިމާޢު" ވުންތޯ ނުވަތަ އެނޫން ކަމެއްތޯ އެވެ.  

އިސްވެ ބަޔާން ކުރެވުނު ޙަދީޘް ތަކުން މިއިން ކަމަކަށް ދަލީލެއް ނުލިބެއެވެ. އެހެންވެ، ބައެއް ޢިލްމުވެރިން ވިދާޅުވަނީ މި ރައުޔަކީ ޟަޢީފް ރައުޔެއް ކަމަށެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްއިޚްތިޔާރާތު" އޭ ކިޔުނު ފޮތުގެ 18 ވަނަ ޞަފްޙާގައި ލިޔުއްވާފައިވެއެވެ. "ޝަހްވަތަކާ ނުލާ އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ކުރަން ނުޖެހޭނެ ކަމީ ޟަރޫރީ ގޮތުން އެނގެން ޖެހޭ ކަމެކެވެ. އަދި ޝަހްވަތަކާ ނުލާ އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ކުރުން އެދެވިގެންވެސް ނުވެއެވެ."  

ދެވަނަ ރައުޔު: ޝަހްވަތަކާ އެކު ވިޔަސް އަދި ޝަހްވަތަކާ ނުލާ ވިޔަސް އަންހެނެއްގެ ގައިގާ ބީހުމަކުން ވުޟޫ އެއް ނުގެއްލޭނެއެވެ. މިއީ އިމާމް އަބޫ ޙަނީފާގެ ރައުޔެވެ.  

އެކަލޭގެފާނުގެ ދަލީލު ތަކަކީ:

1.    އަޞްލަކީ ދަލީލެއް އައިސް ވުޟޫ ގެއްލޭނެ ކަމަށް ދަލާލަތު ކުރުމާއި ހަމައަށް ޠަހާރަތުގެ މަތީގައި ދެމިހުރުމެވެ. އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ގެއްލޭނެ ކަމުގެ އެއްވެސް ދަލީލެއް ނެތެވެ. އާޔަތުގައިވާ "ލާމަސްތުމް" ގެ މާނައަކީ "ޖިމާޢު ވުމެވެ." އާދައިގެ ގޮތެއްގައި ބީހިލުމެއް ނޫނެވެ.

2.މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. (كُنْتُأَنَامُبَيْنَيَدَيْرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَوَرِجْلَايَفِيقِبْلَتِهِفَإِذَاسَجَدَغَمَزَنِيفَقَبَضْتُرِجْلَيَّفَإِذَاقَامَبَسَطْتُهُمَا)رواهالبخاري

މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަން ކަމަނާ އަވަހާރަފުޅަށް އޮންނަވަމެވެ. ތިމަން ކަމަނާގެ ދެފައި އޮންނަނީ ގިބްލަ އާއި ދިމާލަށެވެ. އެކަލޭގެފާނު ސަޖިދަ ކުރައްވަން ވެއްޖެނަމަ ތިމަން ކަމަނާގެ ދެފައި ދުރު ކުރައްވައެވެ. އެކަލޭގެފާނު ގިޔާމަށް ތެދުވެ ވަޑައިގެންނެވުމުން ތިމަން ކަމަނާ އަނެއްކާވެސް ދެފައި ދަމާލަމެވެ."  

މި ޙަދީޘުން ދޭހަވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ހުންނަވައިގެން ޢާއިޝާގެ ހަށިކޮޅުގައި ބީހި ވަޑައިގަންނަވާ ކަމެވެ. އެއީ ވުޟޫ ގެއްލޭ ފަދަ ކަމެއްނަމަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގޮތަށް އެކަން ނުކުރެއްވީހެވެ.  

މި ދަލީލަށް ޖަވާބު ދެއްވާ ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބީހި ވަޑައިގަތީ ހަންހުރަހަކާ ލައިގެން ކަމަށެވެ.  

3.   މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެން ވެއެވެ. (أنالنبيصَلَّىاللَّهُعَلَيْهِوَسَلَّمَقَبَّلَامْرَأَةًمِنْنِسَائِهِثُمَّخَرَجَإِلَىالصَّلَاةِوَلَمْيَتَوَضَّأْ)رواهأبوداود

މާނައަކީ: "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަބަލަކަށް ބޮސްދެއްވުމަށް ފަހުގައި ވުޟޫ ކުރެއްވުމެއް ނެތި މިސްކިތަށް ނިކުމެވަޑައިގަތެވެ." ނަމަވެސް މި ޙަދީޘަކީ ވަރަށް ގިނަ މުޙައްދިޘުން ޟަޢީފް ކަމުގައި ވިދާޅުވާ ޙަދީޘެކެވެ. އޭގެ ތެރޭގައި ސުފްޔާނުއްޘައުރީ، ޔަޙްޔާ ބިން ސަޢީދުލް ގައްޠާން، އަޙްމަދު ބިން ޙަންބަލް، ދާރަގުޠްނީ، ބައިހަގީ އަދި ނަވަވީ ހިމެނި ވަޑައިގަންނަވައެވެ.

މި ޙަދީޘަކީ ޞައްޙަ ޙަދީޘެއް ކަމަށް ވަނީނަމަ، އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ނުގެއްލޭނެ ކަމަށް ވަރަށް ރަގަޅަށް ދަލީލު ލިބެއެވެ. މި ޙަދީޘް ޞައްޙަ ނުވި ނަމަވެސް އިސްވެ ބަޔާން ކުރެވުނު ޙަދީޘް ތަކުގެ ތެރޭގައި ބައިވަރު ޞައްޙަ ޙަދީޘް ތައް ހުރުމުން އެވަރުން ފުދެއެވެ. 

ތިންވަނަ ރައުޔު: ތަފްޞީލު ކުރުން:

ޝަހްވަތަކާwiއެކު ބީހިއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. ޝަހްވަތަކާ ނުލާ ބީހުނަސްވެސް ވުޟޫ އެއް ނުގެއްލޭނެއެވެ. މިއީ މާލިކީ އަދި ޙަންބަލީންގެ ރައުޔެވެ. މި ބޭފުޅުން މަސައްކަތް ކުރެއްވީ ދަލީލުތައް ޖަމްޢު ކުރެއްވުމަށެވެ. އެގޮތުން ވުޟޫ ގެއްލޭނެ ކަމުގައި ދަލީލު ދައްކަވާ ބޭފުޅުންގެ ދަލީލު ކަމުގައިވާ  (أَوْلَامَسْتُمُالنِّسَاءَ) އާއި އަންހެނެއްގެ ގައިގާ ބީހުމުން ވުޟޫ ނުގެއްލޭނެ ކަމަށް ދޭހަވާ ޙަދީޘް ތައް ޖަމްޢު ކުރެއްވިއެވެ.  

ނަމަވެސް މިގޮތް ރަގަޅުވާނީ އާޔަތުގެ މާނައަކީ ބީހުން ކަމުގައި ވީނަމައެވެ. ނަމަވެސް އާޔަތުގެ މާނަ ކަމުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ފަދަ މުފައްސިރުން ވިދާޅުވެފައިވަނީ އެއީ ޖިމާޢުވުން ކަމަށެވެ. ކީރިތި ގުރްއާނުގެ އެތައް ތަނެއްގައި "މައްސު" ޖިމާޢު ވުމުގެ މާނާގައި ބޭނުން ކުރައްވާފައި އެބަހުއްޓެވެ. 

އެގޮތުން:

ސޫރަތުލް ބަގަރާގެ 236 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّاجُنَاحَعَلَيْكُمْإِنطَلَّقْتُمُالنِّسَاءَمَالَمْتَمَسُّوهُنَّأَوْتَفْرِ‌ضُوالَهُنَّفَرِ‌يضَةً) މާނައަކީ: "ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ."

ސޫރަތުލް ބަގަރާގެ 237 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنطَلَّقْتُمُوهُنَّمِنقَبْلِأَنتَمَسُّوهُنَّوَقَدْفَرَ‌ضْتُمْلَهُنَّفَرِ‌يضَةًفَنِصْفُمَافَرَ‌ضْتُمْإِلَّاأَنيَعْفُونَأَوْيَعْفُوَالَّذِيبِيَدِهِعُقْدَةُالنِّكَاحِ)

މާނައަކީ: "އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ حال، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. (އެއީ) އެކަނބަލުން عفوކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ عفوކުރުމުން މެނުވީއެވެ."

ސޫރަތުލް އަޙްޒާބުގެ 49 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَاأَيُّهَاالَّذِينَآمَنُواإِذَانَكَحْتُمُالْمُؤْمِنَاتِثُمَّطَلَّقْتُمُوهُنَّمِنقَبْلِأَنتَمَسُّوهُنَّفَمَالَكُمْعَلَيْهِنَّمِنْعِدَّةٍتَعْتَدُّونَهَا ۖفَمَتِّعُوهُنَّوَسَرِّ‌حُوهُنَّسَرَ‌احًاجَمِيلًا)

މާނައަކީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، مؤمنއަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، عدّةގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ. ފަހެ، އެކަނބަލުންގެ ހިތްހަމަޖެއްސުމުގެގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: متعةއެއް) ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ.(" واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

މިއަދު އޮންލައިން