ޛިކުރުތައް ވަޤުތުގަ ނުކިޔުނަސް ނުކިޔައި ދޫކޮށްނުލާތި! ސަބަބެއް ދިމާވެގެން ޛިކުރުތައް ވަޤުތުގަ ނުކިޔޭ ގޮތެއް މެދުވެރިވެއްޖެނަމަ ފަހުންވެސް ކިޔޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޛިކުރުތައް ވަޤުތުގަ ނުކިޔުނަސް ނުކިޔައި ދޫކޮށްނުލާތި! ސަބަބެއް ދިމާވެގެން ޛިކުރުތައް ވަޤުތުގަ ނުކިޔޭ ގޮތެއް މެދުވެރިވެއްޖެނަމަ ފަހުންވެސް ކިޔޭނެ!

ހެނދުނާއި ހަވީރުގެ ޛިކުރު ކިޔުމުގެ ވަގުތު: 

ގިނަ ޢިލްމުވެރިންގެ އަރިހުގައި ހެނދުނުގެ ޛިކުރު ކިޔުމުގެ އެންމެ މޮޅުއިތުރު ވަގުތަކީ ފަތިސް ނަމާދު ވަގުތެވެ. އެއީ ފަތިސް ނަމާދުން ފެށިގެން އިރުއެރުމާއި ހަމައަށެވެ. 

އަދި ހަވީރުގެ ޛިކުރުގެ އެންމެ މޮޅުއިތުރު ވަގުތަކީ ޢަޞްރު ނަމާދު ވަގުތުންފެށިގެން އިރުއޮއްސުމާއި ހަމައަށެވެ. 

އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަހީ ބަސްފުޅަށް އަމަލު ކުރުމުގެ ގޮތުންނެވެ. ((وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَالْغُرُوبِ)) [قّ:39 [

"އަދި އިރުއެރުމުގެ ކުރީގައްޔާއި އިރުއެރުމުގެ އިރުއޮއްސުމުގެ ކުރީގައި ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ!" 

އެހެން ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހެނދުނުގެ ޛިކުރު ފަތިސް ފަހުން ނުކިޔައި ހުއްޓާ އިރު އަރައިފި ނަމަ، އިރުއަރާ ފަހުން ހެނދުނުގެ ޛިކުރުތައް ކީ ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. އަދި ހަވީރުގެ ޛިކުރުތައް ޢަޞްރު ފަހުން އިރުއޮއްސުމުގެ ކުރިން ނުކިޔުނު ނަމަ، މަޣްރިބު ފަހުން ކީ ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ.  އަދި ބައެއް ބޭފުޅުންގެ އަރިހުގައި އެންމެ ރަނގަޅީ މަޣްރިބްނަމާދުގެ ފަހެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން