ވުޟޫކުރުމުން ލިބެން އޮތް ޘަވާބު ގެއްލި ފާފަވެރިވާގޮތަށް ވުޟޫ ކުރެވުން ހުއްޓައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވުޟޫކުރުމުން ލިބެން އޮތް ޘަވާބު ގެއްލި ފާފަވެރިވާގޮތަށް ވުޟޫ ކުރެވުން ހުއްޓައިލާ!

ވުޟޫކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ސުންނަތުގައިވާ މަގުން ވުޟޫކޮށް ސުންނަތުގައިވާ ފަދައިން ވުޟޫދުޢާ ކިޔުމަކީ ސުވަރުގޭގެ 8 ދޮރުކޮޅު އެމީހަކަށްޓަކައި ހުޅުވިގެންދާ ކަމެކެވެ. ޤިޔާމަތް ދުވަހު ވުޟޫގެ ގުނަވަންތަކުގައި ނޫރެއް ލައްވަވައެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިތުރު އެކަލޭގެފާނުގެ އުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ ސަބަބެކެވެ.  

މިފަދަ މަތިވެރި އަޅުކަމެއްވެސް ފާފަވެރިވާނެ ގޮތަށް ކުރެވޭ މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް މިސްތަކުން ވުޟޫކުރާއިރުގައެވެ. އެހެންކަމުން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ޠަހާރަތުގައި ފެން އިސްރާފްކުރުން އިސްރާފްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. 

ތަޢާލާ ވަޙީކުރައްވާފައިވެއެވެ

:﴿إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ سورة الأعراف: 31  

މާނައީ: "ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ". 

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ﴾ سورة الإسراء: 27  

މާނައީ: "ހަމަކަށަވަރުން އިސްރާފްކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވޫއެވެ"

 

- ޝައިޚް އަޙްމަދު ރިމާޒް  

ޝައިޚް އަޙްމަދު ރިމާޒް މިމޭރުމުން ބަޔާންކުރައްވާފައިވަނީ ވުޟޫކުރުމުގައި ހެދޭ ގޯސްތައް ބަޔާންކުރައްވަމުންނެވެ. ގެއިން ވުޟޫކުރިނަމަވެސް މިސްކިތުން ކުރިނަމަވެސް ފެން އިސްރާފްކުރުމުން އެކުރެވެނީ ޙަރާމްކަމެއްކަން ބަޔާންކުރެއްވުމަށެވެ.

މިއަދު އޮންލައިން