މައިން ބަފައިން ޢަޤީޤާ ކަތިލާފައިނުވާނަމަ ކުއްޖާ އަމިއްލަ އަށް ނަމަވެސް އެކަން ކުރަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މައިން ބަފައިން ޢަޤީޤާ ކަތިލާފައިނުވާނަމަ ކުއްޖާ އަމިއްލަ އަށް ނަމަވެސް އެކަން ކުރަން ޖެހޭނެ!

ކުއްޖާގެ ޢުމުރުން ހަތް ދުވަސް ވުމުން ޢަގީގާ ކަތިލުމަކީ ސުންނަތެކެވެ. 

ދަލީލަކީ:" كلغلامرهينةبعقيقتهتذبحعنهيومسابعهويحلقويسمى " رواهأبوداود ( 2838 ( 

މާނައަކީ: "ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް އަގީގާ ކަތިލަން ޖެހޭނެ ކުއްޖެކެވެ. އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު ޢަގީގާ ކަތިލެވެއެވެ. އަދި ބޯ ބޭލުމަށްފަހު ނަންދެވެއެވެ".

ފިރިހެން ކުއްޖެނަމަ ދެބަކަރި އެވެ. އަންހެން ކުއްޖެއް ނަމަ އެއްބަކަރި އެވެ. ދަލީލަކީ ޢާއިޝާ-ރަޟިޔަﷲ ޢަންހާގެ ރިވާޔަތެވެ. "ފިރިހެން ކުއްޖަކަށް ދެބަކަރި ކަތިލުމަށާއި އަންހެން ކުއްޖަކަށް އެއް ބަކަރި ކަތިލުމަށް ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ".

ކުއްޖާގެ ޢުމުރުންހަތްދުވަސް ވާ ދުވަހު ޢަގީގާ ކަތި ނުލެވިއްޖެނަމަ ތަނަވަސްކަން ލިބުނުހާއަވަހަކަށް އެކަން ކުރަންވާނެއެވެ. މައިން ބަފައިން އެކަން ނުކޮށް ވާނަމަކުއްޖާ އަމިއްލަ އަށް ނަމަވެސް އެކަން ކުރަން ޖެހޭނެއެވެ. 

ޢަގީގާ ކަތިލުމުގައި ބަކަރި އާއި އެކު ފޮނި އެއްޗަކުން ޞަދަގާތް ކުރުން ލާޒިމެއް ނޫނެވެ. ނަމަވެސް ޞަދަގާތް ކުރުމަކީ މައްސަލަ އެއް ނޫނެވެ. 

ބަކަރި ކަތިލުމަށްފަހު ޢާއިލާ އަށާއި ރަށްޓެހިންނަށް ނެގުމަށްފަހު ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް ހަދިޔާ ކުރުމަކީ އެންމެ ރަގަޅު ކަމެކެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން