ބަނޑަށް 9 މަހުގަ ތެދުވެނުއުޅެވޭއިރުވެސް ގޭގެ ހުރިހާ މަސައްކަތެއް ޅީދަރިފުޅަށްވީތީ ކުރަން ޖެއްސުވީމާ އަންހެނަކު ކިޔުންތެރިންނަށް ކުރާ ސުވާލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ބަނޑަށް 9 މަހުގަ ތެދުވެނުއުޅެވޭއިރުވެސް ގޭގެ ހުރިހާ މަސައްކަތެއް ޅީދަރިފުޅަށްވީތީ ކުރަން ޖެއްސުވީމާ އަންހެނަކު ކިޔުންތެރިންނަށް ކުރާ ސުވާލެއް!

ޅީދަރިފުޅުގެ ބަނޑަށް 9 މަހެވެ. ހެލިފެލިވެ އުޅެވެނީވެސް އުނދަގުލުންނެވެ. އެހެންކަމާއިއެކުވެސް ގޭތެރެ ސާފުކޮށް މޮޕްލައި ހަދަން ޖެއްސުވުމުގެ އިތުރަށް އެންމެންނަށް ކައްކުވައި އެންމެންގެ އެއްޗެތި ދޮއްވުންފަދަ ހުރިހާ މަސައްކަތްތަކެއް ކުރުވަނީ އޭނާލައްވައެވެ. 

ދަރިފޫލަށް ކެތް ނުކުރެވިގެން ބުންޏެވެ. "މަންމާއެވެ! އޭނާއަށް ހަމްދަރުދީވާށެވެ! އެއީ މިގޭގެ އެންމެންގެ ހުރިހާ ކަންކަން ކުރުވަން ގެނެސްފައި ހުރި ނޯކަރެއް ނޫނެވެ. އެއީ އަހަރެންގެ އަނބިމީހާއެވެ. ވީމާ އޭނާއަށް ޙައްޤު އިޙްތިރާމްކުރާށެވެ! މަންމަ ބަލިވެ އޮށޯންނަން ޖެހުނަސް ބަލައިޑޭންހުރީ އޭނާއެވެ. 

މަންމާއެވެ! ކައިވެނިކުރުމާއިއެކު އޭނާއަށްވެސް ހެޔޮކޮށް ހިތައި ރަނގަޅަށް ބެލެހެއްޓުމަކީ އަހުރެންގެ ޒިންމާއެކެވެ. މަންމައަސްވެސް މިކަންކަން ރަނގަޅަށް އެނގޭނެއެވެ." 

ދަރިފުޅުގެ ވާހަކަ މަންމައަކަށް ކަމަކު ނުދިއައެވެ. ބުނީ އަނބިމީހާގެ ފަޅިއަށް ޖެހުނީ ކަމަށެވެ. މަންމަ ދެކެ ލޯބިނުވާތީ ކަމަށެވެ.  

އަޅުގަނޑުގެ ސުވާލަށް މިއަދުނޫހުން ދޭނެ ޖަވާބުވިސްނެއެވެ. އެހެންވެ ސުވާލުކުރަން ބޭނުންވަނީ ކިޔުންތެރިންނަށެވެ. މިޙާދިސާއަށް ބަލާއިރު ދަރިފުޅު މަންމަ ދެރަކޮށްލީކަމަށްވާނެތޯއެވެ؟ އެޙާލަތުގަ އަނބިމީހާ ދިފާޢުކޮށް ޙިމާޔަތްކޮށްދޭން ނުޖެހޭނެތޯއެވެ؟ 

މިއީ މީހަކަށް ކަންކަން މެދުވެރިވިގޮތެއް ނޫނެވެ. އަޅުގަނޑާއިމެދު ކަންކަން މެދުވެރިވި ގޮތެވެ. މިސުވާލު މިއަދުނޫސް މެދުވެރިކޮށް ކިޔުންތެރިންނަށް ކޮށްލަން ބޭނުންވީ އަޅުގަނޑަށް މެދުވެރިވި ޙާލުގައި އުޅެންޖެހޭ އަންހެނުން ގިނަވީމައެވެ. އަޅުގަނޑުގެ މައިދައިތަ ފަދަ މަންމައިންނަށް ފިލާވަޅަކަށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން