ބަލިން ޝިފާ އެދިގެންނާ ކުރިމަތިވާ ދަތި އުނދަގޫ ޙާލަތުން ސަލާމަތްކޮށް ދެއްވެވުން އެދިގެން ކުރަން އޮތް މުޖައްރިބް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބަލިން ޝިފާ އެދިގެންނާ ކުރިމަތިވާ ދަތި އުނދަގޫ ޙާލަތުން ސަލާމަތްކޮށް ދެއްވެވުން އެދިގެން ކުރަން އޮތް މުޖައްރިބް ދުޢާ-

ބަލިޙާލަތެއް ކުރިމަތިވެ ބައްޔެއްގައި އުޅެންޖެހި އެކަމުގެ ސަބަބުން ތަކްލީފްތައް އުފުލަންޖެހޭ ޙާލަތުގައި ކުރާނެ ދުޢާއެއް ހޯދަން ގިނަ ބައަކު އުޅެއެވެ. މީސްމީހުންގެ ގާތު އަހައި އޮޅުންފިލުވައެވެ.  

އަހުރެން ދެކޭގޮތުގައި އެހާލަތުގައި ކުރަން އޮތް އެންމެ މުހިންމު އެއް ދުޢާއަކީ ބަލިޙާލުކޮޅުގައި އެތައް އަހަރެއް ވޭތިކުރެއްވެވުމަށްފަހު އައްޔޫބްގެފާނު ﷲ ތައާލާއަށް ކުރެއްވެވި ދުޢާއެވެ.  

أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ 

"ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިނބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." (އަލްއަންބިޔާ: 83) 

މިއީ މުޖައްރިބް ދުޢާއެއްކަން ޔަޤީންވަނީ ޖެހިގެން އޮތް އާޔަތުންނެވެ. "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވަވައި އެކަލޭގެފާނަށް ޖެހިފައިވާ ދަތިޙާލުފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި އެއަހުލުންނާއިއެކު ހަމަ އެފަދަ އަހުލުން ދެއްވެވީމެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުން ލެއްވެވި ރަޙްމަތެއްކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް ހަނދާންކޮށްދިނުމެއް ކަމުގައެވެ." (އަލްއަންބިޔާ :84)  

ކެންސަރެއް ކިޑްނީއެއް، ހިތުގެ ބައްޔެއް އަދި އެހެންވެސް ބައްޔެއް  ކިޔާނެކަމެއްނެތެވެ. އައްޔޫބްގެފާނަށް ޖެހިވަޑައިގެންނެވި، އެތައް އަހަރުތަކަކަށް ދިގުލައި ދެމިގެންދިއަ އެބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ފަސޭހަކުރައްވަވައި ނިޢްމަތްތައް ދެއްވެވީ މިދުޢާކުރެއްވެވުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން