ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރަން ޝައުޤުވެރި ނުވެ ހުރެވުމުގެ ޘާބިތުކަން ދެއްވެވުމަށާ ﷲ ގެ ރަޙްމަތަށް އެދިގެން ކުރަން އޮތް ދުޢާ ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރަން ޝައުޤުވެރި ނުވެ ހުރެވުމުގެ ޘާބިތުކަން ދެއްވެވުމަށާ ﷲ ގެ ރަޙްމަތަށް އެދިގެން ކުރަން އޮތް ދުޢާ ޤުރްއާނުން-

އަހަރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު މިތިބީ ޙައްޤުގެ މަގުގައެވެ. ހިތާމައަކީ މިފަދައިން ތިބެފައިވެސް ފާފަތައްކުރެވި ޙައްޤުގެ މަގާއި ދުރަށްދެވޭކަމެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ޢަމލުތައް ކުރެވޭކަމެވެ.  

ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ކުރަން ޝައުޤުވެރިނުވެ ހުރުމަށެވެ. އެކަން ކުރެވޭނީ ހިތާއި ސިކުނޑި ޙައްޤުގެ މަގުގައި ޘާބިތުކުރެވިގެންނެވެ.  

ވީމާ ޙައްޤުގެ މަގުން އަހަރެންގެ ހިތް އެއްކިބާ ނުކުރެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެކަމަށް ކުރަން އޮތް ދުޢާވެވެސް ޤުރްއާނުން މިއޮތީ ފެންނާށެވެ.  

رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ اِذْ ھَدَيْتَنَا وَھَبْ لَنَا مِنْ لَّدُنْكَ رَحْمَةً ۚ اِنَّكَ اَنْتَ الْوَھَّابُ 

Our Lord! Let not our hearts deviate (from the truth) after You have guided us, and grant us mercy from You. Truly, You are the Bestower.

Surah Al-Imran – 3:8 

"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް ދެއްކެވުމަށްފަހުގައި އަޅަމެންގެ ހިތްތައް ޙައްޤު  އެއްކިބާ ނުކުރައްވަވާނދޭވެ! އަދި އަޅަމެންނަށް އިނބަރަސްކަލާނގެ ޙަޟްރަތުން ރަހްމަތެއް ދެއްވަވާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ގިނަގިނައިން ނިޢްމަތްތައް ދެއްވަވާ ރަސްކަލާނގެއެވެ!" (އަލްފުރްޤާން: 8)

މިއަދު އޮންލައިން