މިމަގުން ކީރިތި ޤުރްއާނާއި ގުޅުންބަހައްޓާ މީހަކު ދެރަކޮށް މާޔޫސްކުރުވޭނެ މީހަކު ނުހުންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިމަގުން ކީރިތި ޤުރްއާނާއި ގުޅުންބަހައްޓާ މީހަކު ދެރަކޮށް މާޔޫސްކުރުވޭނެ މީހަކު ނުހުންނާނެ! އިން ޝާ ﷲ

ތިބާ ކީރިތި ޤުރްއާން ކިޔަވަމުއެވެ. އެކަމަކަށް އަހުރެން ޝައްކެއްވެސް ނުކުރަމެވެ. އަހުރެން ކޮށްލަން ބޭނުންވާ ސުވާލަކީ ކިޔަވަމުންދާއިރު މިއީ ހަމަ ސީދާ ތިމާއަށް އޮތް ވަޙީގެ ބަސްފުޅެއް ކަމުގައި އިޙްޞާޞްކުރެވޭ ހެއްޔެވެ؟  

ތިއަ ވިސްނުނީ ހަމަރަނގަޅަށެވެ! އެކަން އިޙްޞާޞްކުރެވޭނީ މާނަ އެނގޭނަމައެވެ. ވީމާ ޢަރަބިބަސް ނުއެނގޭނަމަ ހަމައެކަނި ކިޔެވުމަކުން ނުފުދޭނެއެވެ. މާނަވެސް ކިޔަންވާނެއެވެ. ކުރިން މިބުނި ފަދަ އިޙްޞާޞްތައް ކުރެވޭނީ އެއިރުންނެވެ.  

ކީރިތި ޤުރްއާނުގައިވާ ކޮންމެ އާޔަތަކީވެސް ދަރުސެކެވެ. ބައެއް ޢާޔަތްތަކުގައި އެތައްބައިވަރު ދަރުސްތަކެއްވެއެވެ. އެދަރުސްތަކުން ލިބެންޖެހޭ ފިލާވަޅު ލިބިނުގަނެވޭނަމަ އެމީހަކަށް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟  

ޤުރްއާން ކިޔަވާ ބައެއް މީހުންނަށް އެކަމުގެ ފައިދާ ނުކުރާ ސަބަބަކީވެސް ކިޔެވޭ އެއްޗެއް ނުއެނގުމެވެ. ހަމައެކަނި ދެލިގަނޑު ކިޔައިލާތީއެވެ. ވީމާ ތިބާ ދުވާލަކު ފޮތެއްގެ ދެލިގަނޑު ކިޔާނަމަ އެއީވެސް ކުރެވޭ ވަރަށް ރަނގަޅު ކަމެކެވެ. މަސައްކަތްކުރަންވީ އެއިގެ އިތުރުން ކޮންމެ ދުވަހަކުވެސް މަދުވެގެން 10 ވަރަކަށް އާޔަތުގެ ނަމަވެސް މާނަ ކިޔައިލެވޭތޯއެވެ. 

މިމަގުން ކީރިތތި ޤުރްއާނާއި ގުޅުންބަހައްޓާނަމަ އެމީހަކު ދެރަކޮށް މާޔޫސްކުރުވޭނެ މީހަކު ނުހުންނާނެއެވެ. އިން ޝާ ﷲ. އެހެނީ ތިބާގެ މިތުރަކީ ކީރިތި ޤުރްއާން ކަމުގައި ހަދައި ޢަމަލުކުރާނަމަ އެމީހަކީ ﷲ ތަޢާލާގެ މިތުރެއް ކަމުގައި ލައްވަވާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސްކުން 

މިއަދު އޮންލައިން