މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައަކު ތިބެނީ އެމީހުންނަށް އެހެން މީހެއްގެ ފަރާތުން ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިދާނެ ކަމަށް ބިރުންނެވެ. މި މައްސަލަ މިހައި ބޮޑުވެގެން މިދަނީ އެމީހެއްގެ ޢަމަލުތައް ހުންނަ ގޮތް އެމީހަކަށް އެނގޭއިރު ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބޭނެ، ނުވަތަ ރައްކައުތެރިކުރައްވަވާނެ މީހަކު ކަމަށް އަމިއްލައަށް ޤަބޫލުނުކުރެވޭތީއެވެ. ޙާލަތު ބަދަލުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.
ﷲ ތަޢާލާ މީހަކަށް ރުހިވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އަދި ޖިބްރީލްގެފާނު އެކަން އުޑުގައި އިޢުލާނުކުރައްވަވައި ހުރިހާ މަލާއިކަތުންނަށް އަންގަވަތެވެ. އެހިސާބުން ހުރިހާ މީސްތަކުންގެ ލޯބި އެމީހަކަށް ލިބިގެންދެއެވެ.
Abu Hurairah (May Allah be pleased with him) reported:
The Prophet (ﷺ) said,
"When Allah loves a slave, calls out Jibril and says: 'I love so-and-so; so love him'. Then Jibril loves him. After that he (Jibril) announces to the inhabitants of heavens that Allah loves so- and-so; so love him; and the inhabitants of the heavens (the angels) also love him and then make people on earth love him".
[Al- Bukhari and Muslim].
މި ޙަދީޘް ބަސްފުޅުގެ މާނައަށް ބަލައި ބައެއް މީހުން ބުނެއެވެ. އެއްވެސް މީހަކަށް އެންމެންގެ ލޯތްބެއް ނުލިބެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކީ ލިބޭނީ ﷲ ތަޢާލާއަށް އީމާންވެގެން ތިބި މީހުންގެ ލޯބިކަމެވެ. ﷲ ތަޢާލާއަށް އީމާންނުވެ ކާފިރުވެގެން ތިބި މީހުންގެ ލޯބި ލިބޭނީ އޭނާ އުޅޭ ގޮތަށް އުޅޭ މީހުންނަށްކަމެވެ. ވީމާ މީސްތަކުންގެ ތެރެއިން ގިނަބައެއްގެ ލޯބި ނުވަތަ ތާއީދު އެމީހަކަށް ލިބިފައިވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާކަން އަންގައިދޭ ކަމެއް ނޫނެވެ. އެމީހާއަށް ތާއީދުކުރާ މީހުންގެ ތެރޭގައި އީމާންނުވެ ތިބި މީހުން ނުވަތަ ފުރހަމަ ގޮތުގައި އީމާންނުވެ ތިބި މީހުން ގިނަވެދާނެކަމަށްޓަކައެވެ.
މިކަމުގެ ދަލީލުލިބިގެންދަނީވެސް ﷲ ތަޢާލާގެ ވަހީ ބަސްފުޅުންނެވެ. ރަސޫލް ﷺ ޙަރަމްފުޅުގައި (ކައިރީގައި) ސަޖިދަ ކުރައްވަވާނަމަ އޭނާއަށް ތަބަޢަވާ މީހުން ގެނެސް ރަސޫލް ﷺ ގެ ހަށިކޮޅަށް ގެއްލުންދޭނެ ކަމަށާއި އޭނާއަށް ތަބަޢަވާ މީހުން މާގިނަވާނެކަމަށް ބުނި ހިނދު ހަނދުމަކުރާށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވެވީ "ތިމަން ﷲ ޒަބާނިއްޔަ (ޢަޛާބުގެ) މަލާއިކަތުން ފޮނުއްވަވާނެކަމަށާއި އެއިރުން ގިނައީ ކޮންބައެއްކަން އެނގިގެންދާނެ ކަމަށެވެ. ވީމާ އެނގިގެން މިދަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް އެއްވެސް ގެއްލުމެއް ދެވޭނެ މީހަކު ނުހުންނާނެކަމާއި ﷲ ތައާލާ މަލާއިކަތުން ފޮނުއްވަވައި އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެ ކަމެވެ.
އަލްއަންޢާމް ސޫރަތުގެ 116 ވަނަ އާޔަތްވެސް ބަލާށެވެ.
"އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ތަބައަވެވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު މަގުފުރއްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ ތަބަޢެއ ނުވެތެވެ. އަދި ދޮގުހަދާ ބައަކު ކަމުގައި މެނުވީ އެއުރެން ނުވެތެވެ."
ހަމައެއާއިއެކު ﷲ ތަޢާލާ މީހަކާއިމެދު ރުހިވޮޑި ނުގެންފިނަމަ އެކަންވެސް ޖިބްރީލްގެފާނަށް އެންގެވުމުން ޖިބްރީލްގެފާނު އެކަން އުޑުގައި އިޢުލާނު ކުރައްވަވަތެވެ. އަދި އެމީހަކަށް (ﷲ ތަޢާލާއަށް އީމާންވެގެން ތިބި) މީސްތަކުންގެ ނަފްރަތުލިބިގެންދާނެއެވެ.
މިއީ ﷲ ތަޢާލާގެ ބިމެވެ. މިބިންމަތީގައި ﷲ ތަޢާލާ އެމީހަކަށް ލައްނަތް ލައްވަވައިފިނަމަ އެމީހަކަށް ކުރިމަތިވާނެކަންކަން ހތަށް ގެންނާށެވެ. އަދި އާޚިރަތް ދުވަހު އެމީހަކަށް ކުރިމަތިާނެ ކަންކަން ހިތްމައްޗަށް ގެނެސް ބިރުވެތިވާށެވެ.
Another narration of Muslim is: Messenger of Allah, (ﷺ) said: "When Allah loves a slave, He calls Jibril (Gabriel) and says: 'I love so-and-so; so love him.' And then Jibril loves him. Then he (Jibril) announces in the heavens saying: Allah loves so-and-so; so love him; then the inhabitants of the heavens (the angels) also love him; and then people on earth love him. And when Allah hates a slave, He calls Jibril and says: 'I hate so- and-so, so hate him.' Then Jibril also hates him. He (Jibril) then announces amongst the inhabitants of heavens: 'Verily, Allah hates so- and-so, so you also hate him.' Thus they also start to hate him. Then he becomes the object of hatred on the earth also".
[Muslim].
- އިސްލާމީ ތިލަފަތުގެ ދަރުސަކުން