ހުރިހާ ނުރައްކަލަކުން ސަލާމަތްވެ ހުރެވޭނެ އައްޑަނަ ހިފައިގެން ހުންނަ މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ހުރިހާ ނުރައްކަލަކުން ސަލާމަތްވެ ހުރެވޭނެ އައްޑަނަ ހިފައިގެން ހުންނަ މީހަކަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ!: މުފްތީ މެންކް

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ރައްކައުތެރިކަން ހޯދައިގެން ތިބުމަށެވެ. އެގޮތަށް އަންގަވާފައި ރައްކައުތެރިކަން ހޯދޭނެ މަގުތައްވެސް ވަނީ އަންގަވައިފައެވެ. ވީމާ ބިރުގަންނަންވީ އަނިޔާކޮށްފާނެ ކަމަކަށް ނޫނެވެ. ބިރުގަންނަންވީ ދިފާޢު ނުވެ ހުރުމަށެވެ.

ކިތަންމެ މޮޅަށް ސިހުރުހަދަން ދަންނަ މީހަކު ސިހުރު ހެދިނަމަވެސް ސިހުރު ޖެހޭނީ 3 ކަމެއް ފުރިހަމަވެގެންނެވެ. އެއީ:

1 އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާކަން

2 އެކަން ﷲ ތަޢާލާ މިންވަރުކުރެއްވެވުން

3 އެކަން އެމީހަކަށް ޖެހުމަށް ﷲ ތައާލާ އިރާދަކުރައްވަވާފައިވުން

މި 3 ކަންތައް ފުރިހަމަނުވެ އެއްވެސް މީހަކަށް އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ.

އަހަރެމެންނަށް ސަލާމަތާއި ރައްކައުތެރިކަމާއި އެހެންވެސް ނިޢްމަތްތައް ލިބުން ވަނީ ރަސޫލް ﷺ ގެ ސުންނަތުގައި ހިފަހައްޓައިގެންނެވެ. ހިފަހައްޓައިގެންނެވެ. އެކަންކުރުމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ހުރިހާ ނުބައިކަންކަމުން ރައްކައުތެރިކަން މިންވަރުކުރައްވަވައި ދެއްވެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަންޖެހެއެވެ.

ސިހުރާއި އެސްފީނާ އާއި ހަސަދަވެރިކަމާއި ޝައިޠޯނާގެ ވަސްވާސްތަކުންނާއި މަގުފުރެދިދިއުމުންނާއި މީސްތަކުންގެ ނުބައިކަމުންނާއި މިހެންގޮސް ހުރިހާ ނުބައިކަންކަމުންނެވެ. ހަމައެއާއިއެކު މީހާ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގެންދިއުމުންވެސްމެއެވެ.

މީހާ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގެންދަނީ ﷲ ތަޢާލާ ނިޢުމަތްތައް މިންވަރުކޮށްދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލެވުމުންނެވެ. ތަްްވާވެރިކަން ދޫކޮށްލައި ފާފަކުރަން ފެށޭތީއެވެ. ނުބައި ޢަމަލުތައް ކުރެވެން ފޭށޭތީއެވެ.

މީޙާލަތުން މީހާއަށް ސަލާމަތްކަން ލިބުންވަނީ ހުރިހާ ނިޢުމަތްތަކެއް ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ޤަބޫލުކުރެވިގެންނެވެ.

ރަސޫލް ﷺ އަށް ސިހުރު ޖެހިވަޑައިގެންނެވި ރަސޫލް ﷺ އަށް ސަބަބު ﷲ ތަޢާލާއަށް ހުވަފެންފުޅުގައި އަނގަވައިދެއްވެވުމުން ޞަޙާބީއަކު ފޮނުއްވަވައިގެން އެ އިސްތަށިފުޅު ގެންނެވިއެވެ.

ރަސޫލް ﷺ އަށް ސިހުރުހެދި މީހާ ވަނީ ރަސޫލް ﷺ ގެ އިސްތަށިފުޅެއްގައި 11 ގޮށް ޖަހައިފައެވެ. އެ 11 ގޮށް ނިއުޅުއްވަވައިލައްވަވަމުން ވަނީ ކީރިތި ޤުރްއާނުގެ ޢާޔަތެއް ވިދާޅުވެފައެވެ. އެއީ އަލްފަލަޤް ސޫރަތާއި އައްނާސި ސޫރަތުގައިވާ 11 އާޔަތެވެ.

މީސްތަކުންނޭވެ! ހަނގުރާމައިގެ މައިދާނަށް ކޮންމެ މީހަކުވެސް ނުކުންނާނީ ދަހަނާއަޅައި ރައްކައުތެރިވެގެންނެވެ. ބަޑިގެންގުޅުން ހުއްދަ ޤައުމުތަކުގައި މަގުމައްޗަށް ނުކުންނަނީ ހަށިރައްކައުތެރިކުރަން އަޅަންޖެހޭތަކެތި އަޅައިގެންނެވެ.

އަހަރެމެންނަށް އުޅެންޖެހިފައި މިވަނީ ކުރިން މިބަޔާންކުރި ފަދަ ނުބައިކަންކަމުގެ ތެރޭގައެވެ.

(ސިހުރާއި އެސްފީނާ އާއި ހަސަދަވެރިކަމާއި ޝައިޠޯނާގެ ވަސްވާސްތަކުންނާއި މަގުފުރެދިދިއުމުންނާއި މީސްތަކުންގެ ނުބައިކަމުންނާއި މިހެންގޮސް ހުރިހާ ނުބައިކަންކަމުގެތެރޭގައެވެ.) ވީމާ ހަށިގަނޑަށް ބޭނުންވާ ރައްކައުތެރިކަން ހޯދަން ފަރުވާކުޑަނުކުރާށެވެ. އެއީ ހެނދުނާއި ހަވީރު އާޔަތުލްކުރުސި، އިޚްލާޞް، އަލްފަލަޤް، އައްނާސި ސޫރަތް 3 ފަހަރު ކިޔެވުމެވެ. އެކަންކުރާ މީހާއަށް ﷲ ތަޢާލާ ރައްކައުތެރިކަން މިންވަރުކުރައްވަވާނެތެވެ. އެހެން މީހަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެތެވެ. އަދި ޝައިޠޯނާގެ ކިބައިންވެސް ރައްކައުތެރިކުރައްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

https://www.facebook.com/AllAboutIslamA/videos/2718032451846120

މިއަދު އޮންލައިން