ހީވާގިވެއްޖެ ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހީވާގިވެއްޖެ ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެ! އިން ޝާ ﷲ

ދުނިޔޭގައި އެމީހާ ބޭނުންވާ ކަންކަންވެސް ޙާޞިލުކުރެވެނީ އެކަމެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާ މީހަކަށެވެ. ޢާޚިރަތް ކާމިޔާބުކުރެވި ސުވަރުގެ ލިބުންވެސް އޮތީ ހަމަ އެގޮތުންނެވެ. ހީވާގިވެ ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

މިއީ ވެސް ހަމަ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. "ސުވަރުގެދާން ތިމާއަށް މަސައްކަތްކުރެވެނީ ވަރަށް ކުޑަކޮށެވެ- ސުވަރުގެ ވައްދަވާނެ ހެއްޔެވެ؟" މިފަދައިން ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ފުރަތަމަކަމަކީ ﷲ ތައާލާ އާއި ކުއްތަންވުމަށް ތިބާ މަސައްކަތްކުރާނަމަ އެއަށްވުރެ މާބާރަށް ﷲ ތަޢާލާ އެބަ ތިބާ އާއި ކުއްތަންވެވޮޑުގަންނަވައެވެ.

ދެވަނަ ކަމަކީ ސުވަރުގެ ވަނުމަށް ކިތަންމެ ކުޑަ ނަމަވެސް މަސައްކަތެއް ކުރެވޭނަމަ އެއީ ﷲ ތަޢާލާގެ ރަޙްމަތްފުޅުން މެދުވެރިވެފައިވާ ކަމެކެވެ. ތިބާގެ ހިތުގައި އެކަމަށް ޝައުޤުވެރިކަން އުފައްދަވައިދެއްވެވީ ﷲ ތަޢާލާއެވެ.

ވީމާ މިގޮތަށް ވިސްނާށެވެ. "މީހަކު އަމިއްލައަށް މަސައްކަތްކޮށްގެން ދަނޑެއްކޮށައި ފަސްގަނޑު ޖަހައި ފަސްގަނޑު އެއްވަރުކޮށް ދަނޑުގައި އޮށް އިންދައި ފެންދީ ހެއްދުމުން ދަނޑުގައި އެވަނީ ގަސްތައް ފަޅައިފައެވެ.

މިބުނެވުނު ދަނޑުގެ ވެރިފަރާތުން އެދަނޑު ތިބާއާއި ޙަވާލުކުރީއެވެ. ތިބަކުރަންޖެހޭ ކަންކަމަކީ ގަސްތަކަށް ކާނާ އާއި ފެންދީ ބެލެހެއްޓުމެވެ. ޤަވާއިދުން އެކަންކަން ކުރިވަރަކަށް ލިބޭ މޭވާ އާއި ގޮވާމުގެ ސައިޒު ބޮޑެތިވެފައި ލިބޭ އަދަދު ގިނަވާނެއެވެ. ލިބޭ ހުރިހާ މޭވާއަކާއި ގޮވާމެއްވެސް ހަމަ ތިބާއަށް ލިބޭ ގޮތަށެވެ.

ސުވަރުގެ ވަނުމަށް ކިތަންމެ ކުޑަކޮށް ނަމަވެސް މަސައްކަތްކުރެވޭނަމަ މި ބަޔާންކުރި މިސާލުން ޢިބްރަތްޙާޞިލުކުރާށެވެ. ﷲ ތަޢާލާ އެވަނީ ތިބާއަށް މަގުދައްކަވައިދެއްވަވައި ކުރިއަށް ދިއުމުގެ ވެސް ފަހިކުރައްވަވައި ދެއްވަވައިފައެވެ.

އެންމެ ބޮޑަށް ވިސްނަންޖެހޭނެކަމަކީ ސުވަރުގެ ވަނުމަށް އުންމީދުކޮށްގެން މަސައްކަތްކުރާމީހާ އޭނާއަށް މަސައްކަތްކުރެވެނީ ކުޑަކޮށްނަމަވެސް އަދި ބޮޑުކޮށް ނަމަވެސް ފާފަކުރުމުން ދުރުހެލިވާންޖެހޭނެއެވެ. ނޫންނަމަ ކުރާ މަސައްކަތުގެ ފައިދާ ނުފެނިދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން