މައިންނަކީ ތިމާގެ އަޅުން ނުވަތަ ނޯކަރުންކަމަށް ހެދުމާ ބައްޕަ ނިކަމެތިކުރުމަކީ ބިރުހުރި ކަމެއް! މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މައިންނަކީ ތިމާގެ އަޅުން ނުވަތަ ނޯކަރުންކަމަށް ހެދުމާ ބައްޕަ ނިކަމެތިކުރުމަކީ ބިރުހުރި ކަމެއް! މިއީ ހެދޭ ވަރަށް ބޮޑު ގޯހެއް!: ބިލާލް އައްސަދު

މިހާރު މިފެންނަނީ އަމުރުކުރުމުގެ ތަރުތީބު އޮޅުވާލައި ދަރިން މައިމީހާގެ މައްޗަށް ގަދަ އަމުރުން އަމުރުކުރާތަނެވެ. އަމުރަށް ކިޔަމަންތެރި ނުވެއްޖެނަމަ މައިމީހާއަށް އަދަބުދޭތަން އެބަފެނެއެވެ. އެއްޗެތިގޮވާ އަޑު އެބަ އިވެއެވެ. މިހުރީ ކޮން ގޮތަކުން ބަލައިގަނެވޭނެ ކަންކަން ހެއްޔެވެ؟  

ޤިޔާމަތްވުން ގާތްވެއްޖެކަން އަންގައިދޭ ޢަލާމަތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ މައިމީހާގެ މައްޗަށް (އަންހެން/ފިރިހެން) ދަރިފުޅު ބާރު ހިންގައި މަންމައަކީ އޭނާގެ އަޅަކަށް ހެދުމެވެ. މާނައަކީ ދަރިފުޅު މަންމައަށް އަމުރުކުރުމުން މަންމައަކީ ދަރިފުޅުކުރާ އަމުރަށް ކިޔަމަން ގަންނަންޖެހޭނެ މީހަކަށް ހެދުމެވެ. އެގޮތަށް އެކަން ޤަބޫލުކުރުމެވެ.   

އެހެން ޙަދީޘްފުޅަކުން އެނގެން އޮތްގޮތުގައި ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ފިރިހެން ދަރިފުޅު އޭނާގެ ބައްޕައަށްވުރެ އޭނާގެ އެކުވެރިންނަށް އިސްކަންދީ ބައްޕައަކީ އޭނާގެ އެކުވެރިންނަށްވުރެ ދުރުގައި ބަހައްޓާ މީހަކަށް ހެދުން ހިމެނެއެވެ.  

މިއިން އެއްވެސް ކަމަކީ އެޒަމާނުގައި އެއްވެސް ވަރަކަށް ހިނގަމުން އައިސްފައިވާ ކަންކަމެއް ނޫނެވެ. ޔަހޫދީންނާއި ނަބާރާއިންގެ މެދުގައިވެސް މިފަދަ އެއްވެސް އާދައެއް ނެތެވެ. އެފަދަ ޒަމާނެއްގައި ކުރައްވަވާފައިވާ މި ޙަދީޘްފުޅުތަކުގައިވާ ކަންކަން މިއަދު މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ޢާންމުކޮށް ހިނގަމުންދާ ކަންކަމަށް މިވަނީ ވެފައެވެ.  

އެނގިގެން މިދަނީ އެންމެ ނުބައިކަން ބޮޑު ޢަމަލުތައް ފެތުރި ޢާންމުވަމުން އަންނަކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ތިމާއަކީ މިފަދަ ނުބައިކަންބޮޑު މީހަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން