ކުޑަކުދިން ކުޅޭ އެއްޗެއްސަށް ނުބައިބަސްބުނެ ގެއްލުންދޭ ސަބަބު- ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންޑޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުޑަކުދިން ކުޅޭ އެއްޗެއްސަށް ނުބައިބަސްބުނެ ގެއްލުންދޭ ސަބަބު- ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންޑޭންޖެހޭ ކަމެއް!

ބައެއް ކުދިންނަށް ކުޅޭ އެއްޗެތި ގަނެދިނުމުން ލޯބިން ގެންގުޅެއެވެ. ކުރެވޭ ކަމަކުން ގެއްލުމެއް ލިބުނަސް ވަރަށް ދެރަވެގެން އުޅޭނެއެވެ. އަނެއްގައި ކުދިންގެ ކިބައިން ފެންނާނީ އެއިގެ އިދިކޮޅެވެ. އެއްޗެއްސަށް ގެއްލުންޑޭނެއެވެ. "ޑޯލް" ފަދަ އެއްޗެއްސަށް ހަރުކަށި ބަސްތައްވެސް ބުނާނެއެވެ. ެތުގެ ކޮޅަށް ހޫރައިވެސްލާނެއެވެ.  

ނަފްސާނީ ޢިލްމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ގިނަ ކުދިންނަށް މިފަދަ ޢާދަތައް ހަރުލަނީ ގޭގެތެރެއިން ފެންނަ ކަންކަމުންނެވެ. ގޭތެރޭގައި ނުބައިބަސް ބުނާނަމަ ކެޅެން ގެންގުޅޭ ތަކެއްޗަށް އެފަދަ ބަސްތައް ބުނާނެއެވެ. ގޭތެރޭގައި ހަރުކަށި ޢަމަލުތައް ކުރާނަމަ ކުޅެންގެންގުޅޭ އެއްޗެއްސަށް އެކަންކަން ކުރާނެއެވެ. އަދި ބައެއް ކުދިން އެއުމުރުގެ ކުދިންނާއިމެދުވެސް ހަމަ އެގޮތަށް ކަންތައްކުރާނެއެވެ.  

އެއީ ކުޑަވީމާ ބޮޑެތި މީހުންނާއިމެދު އެގޮތަށް ކަންތައްކުރަން ބިރުގަންނާތީ އޭނާއަށް ބާރުފޯރުވޭނެ ހިށާބުގައި އެކަންކަން ކުރަނީއެވެ. މީގެ އެންމެ ހިތާމަހުރި ކަމަކީ ބޮޑެތިވުމުން އެހެންމީހުންނާއިމެދުގައިވެސް އެގޮތަށް ކަންކަންކުރާ ކަމެވެ.

ބައެއް ކުދިންނަކީ ކޮންމެ އެއްޗަކާއިވެސް ވަރަށް ބޮޑަށް ގުޅެގަންނަން ބޭނުންވާ ބައެކެވެ. އެގޮތަށް ކުޅެގަތުމުގެ ތެރެއިންވެސް އެއްޗެއް ހަލާކުވެދާނެއެވެ. މިބަޔާންކުރީ ޢާންމު ގޮތެއްގައި މިކަންކަން ކުރިމަތިވާ ސަބަބެވެ.  

މިއީ މައިންބަފައިންނާއި ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. ދަރިންގެ ކިބައިން މިފަދަ ކަންކަން ފެންނަނަމަ އެކުދިން ދެކެ ރުޅިއައުމުގެ ކުރިން ތިމާމެންނަށް އެކުދިންގެ ކުރިމަތީގައި ކަންކަންކުރެވި ދަސްކޮށްދެވޭ ކަންކަމާއިމެދު ވިސްނައިލާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން