އިމާމްވެ އަންހެނަކަށް ނަމާދުކުރެވޭނެ ޙާލަތާއި ނުކުރެވޭނެ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިމާމްވެ އަންހެނަކަށް ނަމާދުކުރެވޭނެ ޙާލަތާއި ނުކުރެވޭނެ ޙާލަތު-

ދީން ކިޔަވައިގެން ހުރި ޢިލްމްވެރި އަންހެނަކަށް އިމާމްވެ ނަމާދުކުރެވިދާނެތޯ؟ 

ޖަވާބަކީ:  

އަންހެނުންގެ އިމާމަތާއި ބެހޭ ގޮތުން ބުނަމެވެ. އަންހެނަކު އިމާމަކަށް ވުމުގައި އޮތީ ދެގޮތެކެވެ. 

ފުރަތަމަ ގޮތަކީ: ފިރިހެނުންގެ ޖަމާޢަތެއްގެ ނުވަތަ ފިރިހެނުންނާއި އަންހެނުންގެ ޖަމާޢަތެއްގެ އިމާމަކަށް އަންހެނަކު ވުމެވެ. މިޙާލަތުގެ ޙުކުމަކީ ފިރިހިނުން ތިބި ޖަމާޢަތެއްގެ އިމާމަކަށް އަންހެނަކު ހުރުން ޞައްޙަވެގެން ނުވެއެވެ. 

ދެވަނަ ގޮތަކީ: އަންހެނުންގެ ޖަމާޢަތެއްގެ އިމާމާކަށް އަންހެނަކު ހުރުމެވެ. މި ޙާލަތުގެ ޙުކުމަކީ: އެކަކަށް ވުރެ ގިނަ އަންހެނުން ތިބިތަނެއްގައި ނަމާދު ވަގުތު ވަދެއްޖެނަމަ، އަންހެނުންގެ ޖަމާޢަތެއް ހަދާ އެކަނބަލުންގެ ތެރެއިން އެކަކު އިމާމަކަށް އިސްކުރެވިދާނެއެވެ. މިފަދަ ޙާލަތުގައި އިމާމާ ހުންނަން ވާނީ މައުމޫމުންނާއި އެއް ހަމައެއްގައި ޞަފުގެ މެދުގައެވެ. 

ވީމާ، ފިރިހެނަކު ހުރެއްޖެނަމަ އެއްވެސް ޙާލަތެއްގައި އަންހެނަކަށް އިމާމުވެ ނަމާދު ނުކުރެވޭނެއެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން