ކިތަންމެ ބޮޑުކަމެއް ޖެހިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގަ މިފަދައިން އެދިއްޖެ މީހަކަށް ހުރިހާ ރަނގަޅު ކަމެއް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކިތަންމެ ބޮޑުކަމެއް ޖެހިގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުގަ މިފަދައިން އެދިއްޖެ މީހަކަށް ހުރިހާ ރަނގަޅު ކަމެއް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

ކަމެއް ދިމާވުމުން ގިނަ މީހުން ﷲ ތަޢާލާގެ ޙަޟްރަތުން އެދޭނީ އަވަހަށް އެކަމަކުން ސަލާމަތްކޮށްދެއްވެވުމަށެވެ. ނަމަވެސް އަހުރެން ބުނާނީ މިފަދައިން އެދުމަށެވެ!  

"ޔާ ﷲ! އިނބަ ﷲ މިއަޅާއަށް ކުރިމަތިކުރެއްވެވި ޙާލަތަށް ކެތްތެރިވުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ މިއަޅާއަށް ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކަށްވެސްމެއެވެ.  

ޔާ ﷲ! މިއަޅާއަށް ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނދޭވެ! އަދި ތަޤްވާވެރިކަމުގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އާމީން" 

ކިތަންމެ ބޮޑުކަމެއް ކުރިމަތިވިޔަސް އަދި ކިތަންމެ ހިތްދަތި ޙާލަތެއްގައި އުޅެންޖެހުނަސް މިމޭރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަނަނަވާ މީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އެމީހަކަށް ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ!  

އަހުރެންނަސް ކަމެއް ކުރިމަތިވުމުން އެކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ބަޔާންކުރަނީ އަހުރެމެންގެ ހުރި ނިކަމެތިކަން ބަޔާންކުރުމަށެވެ. އެކަން އަހުރެމެން ބަޔާން ނުކުރިޔަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން