ފިރިމީހާއަށް ވަފާތެރިވެ ކިޔަމަންތެރިޙާލުގަ މަރުވުމުންވެސް ފިރިމީހާ ނުރުހޭނަމަ ޙަދީޘްފުޅުގައިވާ ނިޢުމަތް ނުލިބި ސުވަރުގެ ނުވަދެވޭނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިރިމީހާއަށް ވަފާތެރިވެ ކިޔަމަންތެރިޙާލުގަ މަރުވުމުންވެސް ފިރިމީހާ ނުރުހޭނަމަ ޙަދީޘްފުޅުގައިވާ ނިޢުމަތް ނުލިބި ސުވަރުގެ ނުވަދެވޭނީތޯ؟

ފިރިމީހާއަށް ވަފާތެރިވެ ކިޔަމަންތެރިޙާލުގަ މަރުވުމުންވެސް ފިރިމީހާ ނުރުހޭނަމަ ޙަދީޘްފުޅުގައިވާ ނިޢުމަތް ނުލިބި ސުވަރުގެ ނުވަދެވޭނީތޯ؟ 

ކިޔުންތެރިޔާ މިފަދައިން ސުވާލުކުރައްވާފައި އެވަނީ ތިރުމިޛީގެ ޙަދީޘްފުޅެއްގެ މާނައިގައި "ފިރިމީހާ، އަނބިމީހާއަށް ރުހިގެންވާ ޙާލު އޭނާ މަރުވެއްޖެނަމަ ސުވަރުގެ ވައްދަވާނެ" ކަމަށް އޮތުމުންނެވެ. 

The Prophet () said: "If a woman dies while her husband was pleased with her, she will enter Paradise." (Tirmidhi) 

ޖަވާބަކީ އަނބިމީހާ ކިތަންމެ ބަސްއަހައި ކިޔަމަންތެރިކަން އަދާކުރިޔަސް ނުރުހި ތިބޭ ފިރިންވެސް ތިބޭނެއެވެ. އެހެން އަންހެނަކުދެކެ ލޯބިވެ އަނބިމީހާ ވަރިކުރަން ޖެހިލުންވާތީ އެއަންހެނަކާއި ކައިވެނި ނުކުރެވިގެން ކަންބޮޑުވެފައި ތިބޭ ބައަކުވެސް ތިބޭނެއެވެ. އަދި އަނބިމީހާ މަރުވެއްޖެނަމަ ވާރުތަވާނެ ތަނަވަސްކަމުގެ ދަހިވެތިކަމުގައިވެސް ބައަކު ތިބޭނެއެވެ. 

އެކަންކަމަށް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާއަށް އެކަން ވަކީލްކޮށްލާށެވެ. އެހެނީ އެހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިބާ ހުރީ ޙައްޤު ގޮތުގައިނަމަ ތިބާއަށް ފިރިމީހާގެ ރުހުން ލިބުން ޙައްޤުކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ވީމާ ތިބާއަށް ޙައްޤު ނިޢުމަތްތައް ތިބާއަށް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ރުހުންލިބުމާއި ފިރިންނަށް ވަފާތެރިވެ ކިޔަމަންތެރިވެގެން ފިރިންގެ ރުހުން ލިބުން ފަދަ ކަންކަމަކީ ސުވަރުގެ ލިބޭ ކަންކަންކަމަށް ބުނެވޭ ބަހުގެ މާނައަކީ އެކަންކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވެއްދެވުމެވެ. ކޮންމެ މީހަކަށްވެސް ސުަވރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންނެވެ. ވީމާ ސުވަރުގެ ލިބުން އެދޭމީހާއަށް އޮތީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނިމިދިއުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. 

(މިއީ އަންހެން ކިޔުންތެރިއަކު ކުރައްވާފައި އޮތް ސުވާލަކަށްވާތީ މިގޮތަށް ޖަވާބުދިނީއެވެ. ޖަވާބުގައި އެވާ ޙާލަތުގައި ތިބޭ އަނބިންވެސް ތިބޭނެއެވެ. އެހެންވެ އެވާހަކަވެސް ބުނެލީއެވެ.)

 

- ޖަވާބުގައި ހިމެނޭ ދީނީ މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން