ކޮންމެ ކަމެއް މެދުވެރިވެގެންނަމަވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެކަމަކަށް އެދެންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކޮންމެ ކަމެއް މެދުވެރިވެގެންނަމަވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެކަމަކަށް އެދެންޖެހޭ ސަބަބު-

أَمِ اتَّخَذُوا مِن دُونِهِ أَوْلِيَاءَ ۖ فَاللَّهُ هُوَ الْوَلِيُّ وَهُوَ يُحْيِي الْمَوْتَىٰ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ 

"ނުވަތަ އެއުރެން اللَّه ފިޔަވައި އެހީތެރިންތަކެއް ހޯދީހެއްޔެވެ؟ ފަހެ، އެހީތެރިޔަކީ ހަމަ اللَّه އެވެ. އަދި އެކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

(އައްޝޫރާ: 9) 

މިއަދު ގިނަ ބއަކަށް އޮޅިގެން މިއުޅޭ އެއްކަމަކީ މިއީއެވެ. އެހީތެރިކަން ލިބެނީ ކޮން ފަރާތަކުންކަމެވެ. ގިނަ ބައަކަށް ޤަބޫލުކުރެވެނީ ފައިސާކޮޅު އަތަށް ދިއްކޮށްލާ މީހާއަކީ އެހީތެރިޔާ ކަމަށެވެ. ބޭނުންވާ ކަމެއް މީހަކުކޮށްދީފިނަމަ އެކަންކޮށްދިނީ އެމީހާ ކަމެވެ.  

އެއްވެސް ޙާލެއްގައި އެއީ ރަނގަލު ވިސްނުމެއް ނޫނެވެ. ތިމާއަށް ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ އެކަމަކަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އެކަމަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގެންދެއްވެވުމުންނެވެ.  

ކަންކަން މެދުވެރިވުމުން ކަންބޮޑުވެވެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު އަދި ކުލަދުންވަންތަކަމާއިމެދު ވިސްނައިނުލެވޭތީއެވެ. އަހަރެމެންނަށް ނުކުރެވިގެން އުޅޭ ކަންކަން ނުކުރެވިގެން މިއުޅެނީ އެކަންކުރުމުގެ ކުޅަދާނަކަން އަހުރެމެންނަށް ނެތުމުންނެވެ. ކޮންމެ ވަޤުތަކު، ކޮންމެ ކަމެއް ކުރެއްވެވުމުގެ ކުލަދުންވަންތަކަން ﷲ ތަޢާލާއަށް ލިބިވޮޑިގެންވެއެވެ.  

އެކަމެއް ނުވާނެ ކަމަށް އަހުރެމެންނަށް ވިސްނޭ އެއްވެސް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ބޮޑުކަމެއް ނޫނެވެ. "ކުން ފަޔަކޫން" އެކަމެއް ވުމަށް އިތާދަކުރައްވަވާއިރަށް އެކަމެއް އޮންނާނީ ވެނިމިފައެވެ.  

އަހުރެމެންނަށް އޮތީ ކިޔަމަންތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. އެކަލާނގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. އެއިރުން އެއްވެސް ކަމެއް ނުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން